ޔާސިރު ދުއިކަޓް އާއި އޭނާގެ އަންހެނުން ގެއިން ނުކުތީ ނާބުލުސް ގައި ތިބޭ އެމީހުންގެ އާއިލާ މީހުންނާއެކު ރޯދަ ވީއްލައި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.
އެހެން ނަމަވެސް, ނާބުލުސް ކައިރީ ހުންނަ އިޒްރާއީލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓަކުން ވަނީ އެދެމަފިރިން މަޑުކޮށް ފިރިހެން މީހާ ހައްޔަރުކުރުމަށްފަހު އަންހެން މީހާ އެތަނަށް ދޫކޮށްލާފަ ގޮސްފައެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި, އިސްރާއީލުގެ ސިފައިން ފިރިހެން މީހާ ހައްޔަރު ކުރުމުން އަންހެން މީހާ ގޮސް އޭނާ ގައިގަ ބައްދާލާ މަންޒަރު ފެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.