1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗައިލްޑް ޕްރޮޑިޖީ އެވޯޑް ރާއްޖޭގެ އެންމެ 4 އަހަރުގެ ކުއްޖަކަށް ލިބިއްޖެ

viber_image_2022-04-10_06-50-59-498
ޗައިލްޑް ޕްރޮޑިޖީ އެވޯޑް ލިބުނު މަކީނާ ނައުޝީން އަލީ - ފޮޓޯ: މީސް މީޑިޔާ
ޢަޒީޒާ އަފީފް
5,272ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑް ޗައިލްޑް ޕްރޮޑިޖީ އެވޯޑް ރާއްޖޭގެ އެންމެ 4 އަހަރުގެ ކުއްޖެއް ކަމަށްވާ މަކީނާ ނައުޝީން އަލީ އަށް ލިބިއްޖެއެވެ.

އިންޑިޔާގެ ޗަންދީގަރުގައި އިއްޔެ ބޭއްވުނު ވޯލްޑް ޗައިލްޑް ޕްރޮޑިޖީ އެވޯޑް ހަފްލާގައި ނައުޝީން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ. ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ 100 ކުދިންނަށް ދެވޭ މިއެވޯޑް 4 އަހަރުގެ ނައުޝީންއަށް ވަނީ ލިބިފައެވެ.

ޗައިލްޑް ޕްރޮޑިޖީ އެވޯޑް ލިބުނު މަކީނާ ނައުޝީން އަލީ - ފޮޓޯ: މީސް މީޑިޔާ

300 × 250

ނަޝީންގެ މަންމަ ބުނެފައިވަނީ މިހަފްލާގައި ދިވެރިރާއްޖޭގެ ޤައުމީސަލާމް އަދި އިންޑިޔާގެ ޤައުމީސަލާމް ކިޔަން ނައުޝީން އަށްފުރުސަތު ލިބުމުން ނައުޝީން ވަނީ ވަރަށް ފުރިހަމަކޮށް ޤައުމީ ސަލާން ކިޔާފައި ކަމަށެވެ.

މިއެވޯޑަށް ހޮވާލެވުނު 100 ކުދިންގެ ތެރެއިން 5 ކުއްޖަކު ނޮމިނޭޓްކޮށް ދަ ޗައިލްޑް ޕްރޮޑިޖީ އެވޯޑް އެކުދިންނަށް ދީފައިވާއިރު ރާއްޖެއަށް ނިސްބަތްވާ ނައުޝީން އެކުދިންގެ ތެރޭގައި ހިމެނެއެވެ. މިއެވޯޑް ހާސިލްކުރި ކުދިންނަކީ ދުބާއީ، މެލޭޝިޔާ ދިވެހިރާއްޖެއާއި އަދި އިންޑިޔާއަށް ނިސްބަތްވާ ކުދިންނެވެ.

މިރަސްމިއްޔާތުގައި ލޯންޗުކުރި މެގަޒިންގައި މިއެވޯޑް ލިބުނު 100 ކުދިންގެ ޕްރޮފައިލް ހިމަނާފައިވާއިރު މެގަޒިންގެ ކަވަރޕޭޖުގައި ހުރީ އިންޑިއާގެ މަޝްހޫރުގޫގުލް ބޯއީ އާއިއެކު ދިވެހިރާއްޖޭގެ ނައުޝީންގެ ފޮޓޯއެކެވެ.

ނައުޝީންއަކީ އުމުރުން އެންމެ 15 މަހުގައި ގިނަ ޢަދަދެއްގެ ބަސްތައް އަދި އަކުރުތަށް ފޯނިކްސް މެތަޑަށް ނުވަތަ އަކުރުތަކުގެ އަޑުބޭނުންކޮށްގެން ކިޔަންދަސްވެ މިއުމުރުގައި އަަދަޔާ ޚިލާފަށް ގިނަ ފޮތް ކިޔުމިގެ ކުޅަދާނަކަން ލިބިފައިވާ ކުއްޖެކެވެ. މީގެ އިތުރުން ޤުރުއާންގެ ގިނަ ސޫރަތްތައް ވަރަށް ކުޑައިރު ދަސްކޮށް އިގިރޭސިބަހެއް ބުނުމުން އެބަހުގެ ސްޕެލިންގް ބުނުމުގެ ކުޅަދާނަކަންވެސް ލިބިފައިވެއެވެ. އެހެންކަމުން ނައުޝީންގެ މިހުނަރުތައް ފާހަނގަކޮށް ނައުޝީން އަށް މިއެވޯޑު ދީފައިވަނީ އާދަޔާޚިލާފަށް ހުނަރުވެރި ފޮތްކިޔުންތެރިއަކަށް ވުމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި