1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޒަޔޯބީ އިން ނޫސްވެރިންނަށް ޚާއްޞަ ރޯދަވީއްލުމެއް ދީފި

6831CA29-4B47-4BF5-B5FA-2CD3C65B2AD0
މުހައްމަދު އަޚްތަރު
1,199ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫގައި ހިންގާ ރެސްޓޯރެންޓެއް ކަމުގައިވާ ޒަޔޯބީ ގެ ފަރާތުން ތިނަދޫގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް ޚާއްޞަ ރޯދަ ވީއްލުމެއް ދީފިއެވެ.

މިއަދު ބޭއްވި ރޯދަވީއްލުމުގައި ހުވަދޫ މީޑިއާގެ އިތުރުން އޭއޯ ނިއުސް ގެ ފަރާތުން ތިނަދޫ ގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.

ޒަޔޯބީގެ ހިތްގައިމު މާހައުލުގައި ބޭއްވި މިއަދުގެ ރޯދަ ވީއްލުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޒަޔޯބީގެ ވެރި ފަރާތް ކަމުގައިވާ  ދުސޫމާ މޫސާ (ދުސޫ) ވިދާޅުވީ ޒަޔޯބީ ގެ މެނޭޖްމަންޓާއި ސްޓާފުންގެ ފަރާތުން މިއަދު ބޭއްވި ރޯދަ ވީއްލުމަކީ މީގެ ކުރީ އަހަރު ތަކުގައި ވެސް ޒަޔޯބީގެ ފަރާތުން ކުރަމުން އަންނަ ސިލްސިލާ ކަމެއްގެ މި އަހަރުގެ ފެށުން ކަމަށާއި އެގޮތުން ތިނަދޫގެ ނޫސްވެރިންނަކީ މިހާރު މި ސަރަހައްދުގައި ތިބެ ވަރަށް މުހިންމު ދައުރެއް އަދާކުރާ އަދި ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކަށްވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ނިޔަތުގައި ދެއްވި ރޯދަ ވީއްލުމެއް ކަމަށެވެ.

300 × 250

ދުސޫ ވިދާޅުވީ މިއަދު ދައުވަތު ދެވުނީ ނޫސްވެރިންނާއި އެ ނޫސްތަކަށް ލިޔުއްވާ ލިޔުންތެރިންނަށް ކަމަށާއި މިގޮތަށް އެއް މާހައުލަކުން މިފަދަ ބައެއް ފެނުމުން ވަރަށް އުފާވާ ކަމަށެވެ. 

"ދައުވަތު ދެއްވި ބައެއް ފަރާތްތަކުން ބައިވެރި ނުވެވުނު، އެބޭފުޅުން ރަށުގައި ނުއުޅުއްވާތީ ނަމަވެސް ގިނަ ބޭފުޅުން ވަޑައިގެން,  އެކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ދުޝޫ ވިދާޅުވިއެވެ.

ޒަޔޯބީގެ ފަރާތުން މިފަދަ ރޯދަ ވީއްލުމަކަށް ދައުވަތު ދެއްވައި, ދެއްވި މެހެމާނުންދާރީ ފުރިހަމަކަން ފާހަގަކޮށް ހުވަދޫ މީޑިއާގެ ނޫސްވެރިންނާއި ލިޔުންތެރިންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

ޒަޔޯބީ އަކީ ތިނަދޫގައި ހިންގާ ރެސްޓޯރެންޓް ތަކުގެ ތެރޭގައި ނަންހިގާ މަޝްހޫރު އެއް ރެސްޓޯރެންޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި