ވިއްސާރަވެ ވައިގަދަ ވެ، އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލާފިއެވެ. އެމްއެންޑިއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި ގުޅިގެން ސިފައިން އެހީތެރިވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެކަމަށް ވަނީ މޫސުމް ލަފާކޮށްފައެވެ.
އަދި ދެކުނުގެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 23 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.