1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ﷲގެ ރުއްސެވުމާއި ފުއްސެވުން އެދި، ހިތްހަމަޖެހުން ހޯދުމަށް ގިނައިން ދުޢާކުރައްވާ: އައްޝައިޚް އިބްރާހީމް މެންކް

viber_image_2022-04-12_03-09-15-250
ޝެއިޚް އިބްރާހީމް މެންކް
އައިޝަތު ޝިރުފާ
417ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ބޭނުންވާނަމަ އެކަލާނގެ އަންގަވާފައިވާ މަގުގައި ސާބިތުވެ ދެމިތިބުމުގެ ތަޢުފީޤުދެއްވުމަށް ވީހާވެސް ގިނައިން އެކަލާނގެ ހަޟްރަތުގައި ދެންނެވުމަށް އައްޝައިޚް އިބްރާހީމް މެންކް ވިދާވެއްޖެއެވެ.

ރޭ ހުޅުމާލެ ޣާޒީ ސްކޫލުގައި ‘’ސީކިން ސޮލޭސް” ނުވަތަ ”ހިތްހަމަ ޖެހުން ހޯދުން” މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް އިބްރާހީމް މެންކް ވިދާޅުވީ ދުނިޔޭގެ މި ދިރިއުޅުމަކީ ތާއަބަދަށް އުފާވެރިކަން އެއިން ލިބިދޭ ދިރިއުޅުމެއް ނޫންކަމަށާއި ކިތަންމެ އުފަލުގައި އުޅުނުނަމަވެސް މި ދުނިޔޭގެ ވަގުތީ ޙަޔާތުން އެ އުފާވެރިކަމަށް ނިމުން އަންނަ ވަގުތު އައިސް ޖެހޭކަމަށެވެ. ދުނިޔޭގެ ޒީނަޔްތެރިކަމުގައި އަވަދިނެތި މާތްﷲ ހަނދުމަނެތިކޮށް އުޅެމުންދަނިކޮށް މަރުއައިސް ތިމާއާއި ބައްދަލުކުރާކަމަށް ވިދާޅުވިއެވެ.

ޝައިޚްގެ ދަރުސްގައިވަނީ އުދަގޫ ދަތިކަމުގައި އިންސާނާ ޢަމަލުތައް ބަހައްޓާނެ ގޮތްތަކަށް ބައްލަވާލައްވާފައެވެ. އެގޮތުން އިންސާނުންގެ ދިރިއުޅުމުގެ އެކިކަންކަމުން މިސާލުދައްކަވަމުން އެކަންކަމުންވެސް ދޭހަ ކޮށްދެނީ އާޚިރަތަށް ތައްޔާރުވާންޖެހޭކަންކަމަށް މެންކް ފާހަގަކުރެއްވިއެވެ.

300 × 250

މިދުނިޔޭގައި ޔަޤީންވާ ހަމައެކަނި ކަމަކީ މަރުކަމަށް ވިދާޅުވެ، އެންމެ ކާމިޔާބު މީހާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ގަދަ އަޅާ މަސައްކަތްކުރާ މީހާކަމަށްވެސް ވިދާޅުވިއެވެ.

މިދުނިޔެއިން ކިތަންމެ މުދަލެއް،ލައްޒަތެއް ލިބުނުކަމުގައިވިޔަސް، އިންސާނާއަށް ހިތްހަމަޖެހުން ނުލިބޭކަން މިސާލާއިއެކު ބަޔާންކުރައްވަމުން މި ދުނިޔެއަކީ އުމުރަށް އުފަލާއި މަޖަލުގައި އުޅެވޭނެތަނެއް ނޫންކަމަށް ވިދާޅުވިއެވެ.

އިންސާނުންނަކީ ވަކި މުއްދަތެއް ހަޔާތުގައި ލިޔެވި ދުނިޔެއަށް ފޮނުވިފައިވާ ބައެއްކަމަށާއި އަދި އެ ވަގުތު ހަމަވުމުން ހުރިހާ އިންސާނުންވެސް ﷲ ސުބްހާނަޙޫ ވަތަޢާލާގެ ހަޟްރަތަށް ދާންޖެހޭކަން ހަނދާންކޮށްދެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި