ދިވެހިރާއްޖޭގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދު، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން، އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ އެ ދަތުފުޅުގައި ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރައްވާފައި ވަނީ މިއަދު ނިއުދިއްލީގައެވެ.
މިނިސްޓަރ ޝާހިދުގެ މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބު ކުރުމަށް އިންޑިއާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް އޭނާގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިކަމަށް ޝާހިދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.