މިހާތަނަށް އެންމެ ކާމިޔާބު ޕާޓީއަކީ އަދާލަތު ޕާޓީކަމަށާއި، އެޕާޓިން ކޮންމެ ސަރުކާރެއްގައިވެސް އެޕާޓިން ބޭނުންވާ ސިޔާސަތު ހިންގާކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެޕާޓިގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އިބުރާ މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބެއްގައެވެ. އިބުރާ ވިދާޅުވީ ކަންހިނގާ މަގަށްބަލާއިރު، މިހާތަނަށް އެންމެ ކާމިޔާބު ޕާޓީއަކީ އަދާލަތު ޕާޓީކަމަށެވެ. މަޖިލީހުން އެންމެ ފަހަރަކު 1 ގޮނޑި ހޯދުންފިޔަވާ ޤައުމީ އިންތިޚާބަކުން ކާމިޔާބެއް ލިބިފައި ނުވިނަމަވެސް، ކޮންމެ ސަރުކާރެއް އޮތަސް އެޕާޓިން ބޭނުން ސިޔާސަތު ހިންގކަމަށް އިބުރާ ވިދާޅުވިއެވެ. https://twitter.com/ibramandhu/status/1418314443126022144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1418314443126022144%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F53951%2F
"މަޖިލީހުން އެންމެ ފަހަރަކު އެއް ގޮނޑި، ފިޔަވައި ގައުމީ އިންތިހާބަކުން ކާމިޔާބެއް ނުލިބޭ، އެކަމަކު ކޮންމެ ސަރުކާރެއް އޮތަސް އެމީހުން ބޭނުން ސިޔާސަތު ހިންގާ،" އަދާލަތު ޕާޓީއަށް ނިިސްބަތް ކުރައްވައި އިބުރާ ވިދާޅުވިއެވެ.
އިބުރާ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއިމެދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެޕާޓީގެ ބައެއް މެންބަރުން ދަނީ ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.