ރާއްޖޭގައި ފަތުރުވެރިއަކު ބްލެކް ސްނޫކް" މަހެއް ބާނައިފިއެވެ.
މިމަސް ބާނާފައި ވަނީ ޓްރިސްޓަން ތެރަރޯޓުއާ ނަމަކަށް ކިޔާ އެމެރިކާ ރައްޔިތެކެވެ. ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހުގައި 14.06 ކިލޯގްރާމް ހުރިއިރު އެމަހުގެ ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.
ޓްރިސްޓަން ބޭރުގެ މީޑިއާތަކަށް ދީފައިވާ އިންޓަރވިއުތަކުގައި ބުނީ އޭނާ އައްޑޫ ސްޕޯޓްސް ފިޝިންގެ ގައިޑެއް ކަމަށްވާ އަބްދުﷲ އާނިފްއާއެކު މަހަށްގޮސް ނަނު ކަނޑަށް ދޫކޮށްލުމަށްފަހު މަސް ނަނުގައި ގަންނަން ނެގީ 30 ވަރަކަށް ސިކުންތު ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.