އެމްޑީޕީގެ އެޖެންޑާ-19 ގެ ތެރެއިން މަސްވެރިންނަށް ކެހި ދީފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައާ ހެދި މަސްވެރިންގެ ކަންބޮޑުވުން ފާޅ:ުކުރަމުންދާ މި ދަނޑިވަޅަށް އިޝާރާތްކޮށް ޖަމީލު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މަސްވެރިންނަށް ވި ވައުދު ނުފުއްދުނީ "ނާގާބިލު، ނާއަހުލު އެމްޑީޕީގެ ދެ މާލިމީން ގަސްދުގައި ރާވައިގެން މަސްވެރިންނަށް އޮޅުވާލަންވީ ވައުދުތަކާ ހެދި ކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ، އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން ކަމަށާއި، ދޮގު ވަޢުދު ވިއްކަން ދިޔައީ ރައީސް ސޯލިހާއި ނަޝީދު އެކީގައި ކަމަށެވެ.
"އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން. ދޮގު ވަޢުދު ވިއްކަން ދިޔައީ ރައީސް ސޯލިހާއި ނަޝީދު އެކީގައި. ހަމަ އަގާއި ކަންނެލި ޖަގަހަ ބިޔަކަނޑުގެ މެދުގައި ހަދާ ވާހަކަ ފަދަ އެތައް ކަމެއް." އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަ ދެން ހައްލު ހޯދައި ދެވޭނީ ގައުމު ހަމަ މިސްރާބަށް ހިފަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކީ ނުކުމެގެން ކަމަށެވެ. މަސްވެރިން ބާނާ މަސް ނުކިރުމުގެ މައްސަލައާއި ގުޅިގެން މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށްފަހު އަލުން މިހާރު ވަނީ މަސްކިރަން ފަށާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.