1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިތުރު ޒަކާތް މިހާތަނަށް މިހާތަނަށް 19،523 މީހުން ދައްކައިފި

S1rQid1cHjVBaRCJHied1kzOe_zakat
ފިތުރު ޒަކާތް
އައިޝަތު ޝިރުފާ
338ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރު ފިތުރު ޒަކާތް މިހާތަނަށް ނަވާރަ ހާހަށްވުރެ ގިނަ މީހުން ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 8 ލައްކަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް 4956 މީހުން ޒަކާތް ދައްކާފައިވާއިރު، އޮންލައިންކޮށް 14،567 މީހުން ޒަކާތް ދައްކާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ފާއިތުވި ރޯދަމަހަށް ބަލާއިރު، ފުރަތަމަ 11 ދުވަހާއި ހަމައަށް ޒަކާތުގެ ގޮތުގައި 899،031.00 ރުފިޔާ ލިބިފައިވާ މިނިސްޓްރީ އަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 20،863 މީހުން ޒަކާތް ދައްކާފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

300 × 250

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުުރުން އުމުރުން ދުވަސްވީ މީހުންނާއި، އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރިނޫން މީހުންނަށް މިމަހުގެ 3 ވާ އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި އެކަން ކުރިއަށްގެންދެވޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. ފިތުރު ރަމަޟާން މަހުގެ 28 ވަނަ ދުވަސް މި މަހުގެ 29 އާ ހަމައަށް ދެއްކޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަދި މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް އިސްލާމިކް މިނިސްޓްރީގެ ހޯލްގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި