ޕީއެޗްޑީ ހިމެނޭ ގޮތަށް މަތީ ތައުލީމަށް ކިޔަވަން ޗައިނާ އިން ލިބުނު ފަސް ސްކޮލަޝިޕް ފުރުސަތަކަށް ހަަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ޗައިނާގެ ޔުނާން ޕްރޮވިންޝަލް ސަރުކާރުގެ ފަރާތުން ލިބުނީ ޕީއެޗްޑީ އަށް ކިޔެވުމުގެ އެއް ފުރުސަތާއި ދެ ބެޗްލާސް ޑިގްރީގެ އިތުރުން ދެ މާސްޓާސް ޑިގްރީ ސްކޮލަޝިލް ކަމަށެވެ.
މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ 3026941/3026966 މި ދެ ނަމްބަރުން ލިބޭނެ ކަމަށްވެސް ހަޔާ އެޑިއުކެޝަނުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.