1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ޓްވިޓާއަށްފަހު އީލޯން މަސްކުގެ ޓާގެޓް ކޮކާ ކޯލާ ކޮމްޕެނީއަށް

ca_cola
ޢަޒީޒާ އަފީފް
594ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރ އީލޯން މަސްކުގެ ދެންއޮތް ޓާގެޓަކީ ކޮކާ ކޯލާ ކުންފުނި ކަމަށް އިއުލާންކޮށްފިއެވެ.

އީލޯން ކުރެއްވި ޓްވީޓެއްގައި ބުުނެފައިވަނީ ކޮކާ ކޯލާ ކުންފުނި ގަތުމަށްފަހު، ކޯކާކޯލާ ބުއިން ފުރަތަމަ އުފެއްދިއިރު އެތައްޔާރުކުރުމަށް ބޭނުންކުރި ރެސިޕީ ބޭނުން ކުރާނެކަމަށެވެ.

https://twitter.com/elonmusk/status/1519480761749016577?s=20&t=8FwUKYTcUk3pZQcEwAi9Tg

300 × 250

މީގެ ދެހަފްތާ ކުރިން އީލޯން މަސްކު ވަނީ ޓްވިޓާގެ %9 ހިއްސާ ގަނެފައެވެ. އީލޮން މަސްކް ބުނީ އޭނާ ޓްވިޓާގައި އިންވެސްޓް ކުރީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޓްވިޓާ މެދުވެރިކޮށް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. ނަމަވެސް އޭނާ ގަތް ހިއްސާ އާއިއެކު ލިބުނު "ބާރަށް" ބަލާއިރު އަދި ޓްވިޓާ އިން އެފުރުސަތު ލިބެން ނެތް ކަމަށް އެގިގެން އީލޯން ވަނީ މިދިޔަ ހޯމަ ދުވަހު 44 ބިލިޔަން ޑޮލަރަށް ޓްވިޓާ ކުންފުނި ގަނެފައެވެ.

ޓްވިޓާއަކީ އީލަންގެ ކުންފުންޏަކަށް ވުމުން ގިނަ ބަޔަކު ދަނީ ޓްވިޓާގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރަމުންނެވެ. ޓުވިޓާ ގަތުމަށް ފަހު އީލޯން ބުނީ ޓުވިޓާގައި ހިޔާލުފާޅުކުރުމުގެ މިނަވަންކަން އޮންނާނީ ސަރުކާރުތަކުން އަމަލުކުރާ ގަނޫނާ ގަވައިދާ އެއްގޮތަށް ކަމަށެެވެ. ނަމަވެސް "ސެންސަރު" ކުރުމަކީ އޭނާ ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޓްވިޓާއަށްފަހު އީލޯން މިސްރާބް ޖަހާލީ ކޮކާކޯލާ ކުންފުންޏާއި ދިމާލަށެވެ. 1885 ވަނަ އަހަރު ކޮކާކޯލާ ކުންފުނި ވުޖޫދަށް އައިއިރު ފުރަތަމަ ތައްޔާރުކުރި ކޯކް ރެސިޕީގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންގެ މިންވަރެއް ހިމަނާފައިވެއެވެ.

ނަމަވެސް 1891 ވަނަ އަހަރުން ފެށިގެން ކޮކާކޯލާގައި ކޮކެއިން ހިމެނުމާމެދު ގިނަބަޔަކު ވަކާލާތުކޮށް 1929 ވަނަ އަހަރު ވަނީ ކޮކާކޯލާ ރެސިޕީގައި ހިމެނޭ ކޮކެއިންގެ މިންވަރު ނައްތާލައި، ރެސިޕީ ބަދަލުކޮށްފައެވެ. މިއާއެކު ދެން ކޮކާކޯލާ ބުއިން ބާޒާރަށް ނެރުނީ ސޮފްޓް ޑްރިންކެއްގެ ގޮތުގައެވެ.

މިހާރު ކޮކެއިންއަކީ ގިނަ ގައުމުތަކެއްގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތަކަށް ވުމުން، އީލަޯން މަސްކް އިއުލާންކޮށްފައިވާގޮތަށް ކޮކާކޯލާ އުފައްދާ ކުންފުނި ގަތުމަށްފަހު މިބުއިމުގެ ރެސިޕީ ކުރިން ހުރި ގޮތަށް ބަދަލު ކޮށްފިނަމަ ގިނަގައުމުތަކުގައި ކޮކާކޯލާ ވިޔަފާރި ކުރަން އުނދަގޫވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި