ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ނިވްސް ވެބްސައިޓް ޑައުންކޮށްލައިފިއެވެ.
ނަންހާމަނުކުރުމަށް އެދި ޝަރުތުކޮށް ޕީއެސްއެމެގެ އޮފިޝަލަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ވެބްސައިޓް ޑައުންކޮށްފައިވަނީ ވެބް އޮޕަރޭޓަރަށް ދައްކަންޖެހޭ ފަައިސާ ނުދައްކައިގެން ކަމަށެވެ.
އޮފިޝަލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިންވެސް ފައިސާ ނުދައްކާ ހުރުމުން ވެބްސައިޓް ޑައުންކޮށްލާނެކަމުގެ ވާހަކަ އަންގާފައިވާ ކަމަށް އެ އޮފިޝަލު ބުންޏެވެ.
އެހެން ނަމަވެސް މިކަމާ ގުޅިގެން ރާއްޖޭގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ދިމާވެގެން އުޅެނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.
ޕީއެސްއެމްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެޖެޓުން ބޮޑު އަދަދެއް ޚަރަދުކޮށްގެން ހިންގާ ކުންފުންޏަކަށް ވެފައި، ވިޔަފާރީގެ މުއާމަލާތް ކޮށްގެން ވެސް ގިނަ އަދަދެއްގެ އާމްދަނީ ހޯދާ ކުންފުންޏެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.