ގޫގަލްއިން ދިވެހި ޓްރާންސްލޭޓް ކުރެވޭގޮތް ހަދައިފިއެވެ.

އިއްޔެ ބޭއްވުނު ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގައި އިއުލާންކޮށްފައިވާ ގޮތުން މިހާރު ދިވެހި ބަހުން ގޫގަލް ޓްރާންސްލޭޓް ކުރެވޭނެއެވެ.

ދިވެހިބަހުގެ އިތުރުން އިތުރު 24 ބަހަކުން ގޫގަލް ޓްރާންސްލޭޓް ކުރެވޭނެ ކަމަށް އެކޮންފަރެންސްގައި ވަނީ އިއުލާންކޮށްފައެވެ.

ގޫގުލް އިން ބުނި ގޮތުގައި، އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށާއި އިތުރު ކުރި ބަސްތަކާ އެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެ ކަމަށެވެ.

ގޫގުލް ޓްރާންސްލޭޓްގެ އާ ބަސްތައް ބޭނުންކުރެވޭ ގޮތް އިއްޔެ ހެދިޔަސް، ބައެއް ކަސްޓަމަރުންނަށް އެ ހިދުމަތް ލިބުމުގައި އަދި ދެތިން ދުވަސް ލަސްވެދާނެ ކަމަށް ވަނީ އަންގާފައެވެ