ރާއްޖޭގެ މަޝްހޫރު ހިޖާމާ ތެރަޕިސްޓު ފަޒީލާ އުސްމާނު ހިޖާމާޖެހުން ހުއްޓާލައިފިއެވެ. ފަޒީލާ ކުރި ފޭސްބުކް ޕޯސްޓެއްގައި އޭނާ ހިޖާމާ ޖެހުން ހުއްޓާލައިފިކަން ވަނީ އިއުލާންކޮށްފައެވެ. ފަޒީގެ ޕޯސްޓުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން އޭނާއާ ބައްދަލުކޮށް، މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގައި ހިޖާމާ ކްލިނިކެއް ނުހިންގޭނެކަން އަންގާފައިވާކަމަށެވެ.
“ވީމާ އަޅުގަނޑުގެ ހިޖާމާ ތެރަޕީ ހުއްޓާލައިފިން” ފަޒީލާ ބުނެފައިވެއެވެ.
ފަޒީ އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ހިޖާމާ ޖަހާތަނެއް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެފައިނުވާތީއާ އެއްވެސް ހިޖާމާ ޖަހާ މީހަކަށް ހެލްތުން ހުއްދަ ދީފައިނުވާތީ ރާއްޖޭގެ މިކަން ކުރާނަމަ އެ މިނިސްޓްރީއަށް އެންގެވުމަށް ކްލަޔަންޓުންނަށް އިލްތިމާސްކުރާކަމަށެވެ. އަދި ސެޓްފިކެޓް ހުށަހެޅުމުން މިނިސްޓްރީގެ ހުއްދަ ލިބޭނެކަމަށް އަންގާފައިވާ ކަމަށާއި ފަޒީގެ ކޯސް ނިމި ހުއްދަ ލިބުނު އަވަހަކަށް ކްލަޔަންޓުންނަށް އަންގާނެ ކަމަށް ފަޒީ ވަނީ ބުނެފައެވެ. މަޝްހޫރު ހިޖާމާ ތެރަޕިސްޓް ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ މިފަހުުން ބޮޑުވެގެންދިޔައީ ހިޖާމާއިން ހަކުރު ބައްޔަށް ޝިފާލިބޭކަމަށްބުނެ ޕްރޮމޯޝަނެއް ކުރިއަށްގެންދިޔަ ހިސާބުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.