ހޮރައިޒަން ފިޝަރީޒް ކުންފުނިން ގދ.ހޯޑެއްދޫގައި ތަރައްޤީކުރަމުން އަންނަ މަސް ފެކްޓަރީގެ މަސައްކަތް ނިންމޭނެ ތާރީޚެއް އެނގިވަޑައިނުގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ.ހުސައިން މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާޢިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން  މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމޭނެ ވަކި ތާރީޚެއް އެ ކުންފުނިން ދީފައި ނުވާ ކަމަށާއި ކުންފުނިން އެންމެފަހުން މަސައްކަތް ނިންމޭނެކަމަށް ބުނި ތާރީޚަށް އެ މަސައްކަތް އޮތީ ނުނިމި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހޮރައިޒަން ފިޝަރީޒްއިން ބުނަމުންދަނީ އެ މަސް ޕްލާންޓުގެ މަސައްކަތް ނިންމައި އެތަން ހުޅުވައި އޮޕަރޭޝަނަށް ގެނައި ނަމަވެސް، މިފްކޯއިން މަސް ގަންނަ އަގުގައި މަސް ގަނެގެން އެ ފެކްޓަރީ ހިންގުމަކީ އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަމުގައެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ ހޮރައިޒަން ފިޝަރީޒްގެ މައްސަލަ ހައްލުނުވެގެން އުޅެނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މަސައްކަތް ނިންމަން މުހުލަތެއް ދިނުމުން އެ މަސައްކަތް އެ ކުންފުނިން ނިންމާނެ ކަމަށާއި، މަސައްކަތް އެ މުހުލަތުގައި ނުނިންމައިފިނަމަ އެ ކުންފުންޏަށް ހޯޑެއްދޫން ދޫކޮށްފައިވާ ބިން ވަކިކޮށް ދައުލަތަށް އަނބުރާ އިއާދަކުރުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.