ތޫނު ހަތިޔާރު ހިފައިގެން މާލޭގެ ސްކޫލަކަށް ވަދެ ހަމަލާދޭން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫުމާތު ލިބުނު ގޮތުގައި ޖަމާލުއްދީން ސްކޫލްގެ ހެދުނުގެ ދަންފަޅި ކުރިޔަށް ދަނިކޮށް ހަތިޔާރު ހިފައިގެން އުޅުނު މީހަކު ސްކޫލަށް ވަދެ "ﷲއަކްބަރު" ގޮވަމުން ހަމަލާ ދޭން އުޅުނު ކަމަށެވެ. އަދި އެސްކޫލްގެ ޕްރިންސިޕަލްއަށްވެސް ހަމަލާދޭން އުޅުނުކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ.

ހަތިޔާރާއެކު ސްކޫލަށް ވަދެ ހަމަލާދޭން އުޅުނު މީހާ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މިމައްސަލައާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.