ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭބީއެމް)ގެ ފަރާތުން ހިންގުމަށް ތައްޔާރުވަމުން އަންނަ ކެޕްޓަނުން ތަމްރީނުކުރާ ކޯހަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެެވެ.

އެންއޭބީއެމްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިކޯހުގައި ކިޔެވުމަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުންގެ ޖާގަ ކަމަށާއި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކެޕްޓަނުން ތަމްރީނުކުރުމުގެ މިކޯހާއި ބެހޭ އިތުރު މައުލޫމާތު 7970033 އިން ލިބިގެން ދާނެކަމަށެވެ.

ކެޕްޓަނުން ތަމްރީނު ކުރުމުގެ ގޮތުން އެންއޭބީއެމް އިން މިފަށާ ކޯހަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން އަދި ކޯހުގެ ފީ ވެސް އެ އެސޯސިއޭޝަނުން ސްޕޮންސަކޮށްގެން ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމަށް މީހުން ހޮވުމުގައި، ގްރޭޑް 7 ނިންމާފައިވާ އަދި ކަނޑުމަތީގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެކަމަށް އެންއޭބީއެމް އިން މަޢުލޫމާތު ދެއެވެ.

ކޯހަށް ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ މީހުން އިންޓަވިއުކޮށްގެންނެވެ. ބޯޓިން އެސޯސިއޭޝަނުން އިތުރަށް މަޢުލޫމާތުފދީފައިވާ ގޮތުގައި މި ކޯސް ފުރިހަމަކުރާ ބައިވެރިންނަށް ކޯސް ނިމޭއިރު، ވަޒީފާގެ ފުރުސަތު ވެސް ކަށަވަރުވެގެންދާނެއެވެ.