1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ މީހުން އުޅޭ ސަރަޙައްދެއްގައިވާ ފަޅުގޯއްޗެއްގައި ރޯކުރި އަލިފާން ކޮންޓްރޯލް ނުވެ ފަޔަރުގެ އެހީތެރިކަން ހޯދައިފި

20220527_190204
ސާއި ޢަލީ
1,582ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ. ތިނަދޫ އަބޫބަކުރު ސްކޫލް ކައިރި ސަރަޙައްދުގައިވާ ފަޅުގޯއްޗެއްގައިވާ ހިކިފައިވާ ގަސްތަކެއްގައި މިއަދު އިރުއޮއްސުނު ވަގުތުގައި ބަޔަކު އަލިފާން ރޯކުރުމުން، އަލިފާން ގަނޑު ކޮންޓްރޯލް ނުވެ، ވަނީ އަނދަމުން ގޮސްފައެވެ.

އަލިފާންގަނޑު އިތުރަށް ބޮޑުވެ، ކައިރީގައިވާ މީހުން ދިރިއުޅޭ ގެތަކަށް ދުމުގެ އަސަރުކޮށް، އަލިފާންގަނޑު ފެތުރިދާނެކަމަށް ލަފާކުރެވިގެން، އަވައްޓެރި ގެތަކުގައި ދިރިއުޅޭ މީހުން ވަނީ މިކަން ތިނަދޫ ޕޮލިސް އަދި ތިނަދޫ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ރިޕޯޓްކޮށްފައެވެ.

20220527_190213

300 × 250

މާގިނަ އިރުތަކެއް ނުވެ، ތިނަދޫ ޕޮލިސް އަދި ތިނަދޫ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމް އަލިފާން ރޯވެފައި ސަރަޙައްދަށް ގޮސް ވަރަށް ކުޑަވަގުތުކޮޅެއްގައި ފަޔަރ އެންޑް ރެސްކިއުގެ ދެ ޓްރަކްގެ އެހީގައި އަލިފާން އިތުރަށް ފެތުރެން ފުރުޞަތު ނުދީ ކާމިޔާބުކަމާއެކީ ވަނީ އަލިފާން ނިއްވާލާފައެވެ. މިއަލިފާނުގެ ހާދިސާ ހިގި ސަރަޙައްދަުގައި ދިރިއުޅޭ މީހަކު ހުވަދޫ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކައިރީގައި އިންވެ ހުރި ދެގެއަކަށް ކޮންމެވެސްވަރަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. ފަޅުގޯތީގައި ރޯވި އަލިފާނުގެ ހުޅުގަނޑު ކައިރީގައި ހުރި ގޭގެ ފުރާޅާ ހަމަޔަށް ހިކަިފައިވާ ފަތްކެޔު ގަސްތަކެއްގައި ރޯވެ އެރިކަމަށެވެ.

20220527_190257

ވާރޭ ނުވެހި ގިނަދުވަސްތަކެއް ވެފައިވާ މިފަދަ ހޫނުގަދަ ދުވަސްތަކުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ މިފަދަ ފަޅު ގޯތިތަކުގައި އަލިފާން ރޯކުރުމަކީ ނުރައްކާތެރި ހާދިސާއެއް ހިގުމަށް މަގުފަހިވެދާނެ ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި