ކީރިތި ރަސޫލާ ﷺއަށް ފުރައްސާރަކުރުމާއި ދެކޮޅަށް މިއަދު ސައިކަލް ބުރެއް ބާއްވަން ހަމަޖައްސައިފިއެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރުން އިސްނަގައިގެން މިއަދު މާލޭގައި ބާއްވާން ހަމަޖެހިފައިވާ ސައިކަލް ބުރަކީ އެއްވެސް ގޮތެއްގައި ސިޔާސި ހަރަކާތެއް ނޫން ކަމަށާއި މިއީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ބާއްވާ ސައިކަލް ބުރެއް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މިއަދު ހަވީރު 4:00ގައި މާލޭގެ ރަސްފަންނު ސަރަހައްދުން ފަށަން ހަމަޖެހިފައިވާ މިސައިކަލް ބުރުގައި ގިނަ ޒުވާނުން ބައިވެރިވާ ގޮޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިޔާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސްލީޑަރަކު ކީރިތި ރަސޫލާއަށް މަލާމާތްކޮށް އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި މުސްލިމުންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރާއްޖެއިންވެސް މިކަން ކުށްވެރިކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.