އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާއި ރާއްޖޭގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އުނޫޝާ އެކުގައި ކިޔާފައިވާ "ދިލް އުޅެޔާ" މި ލަވަ ޔޫޓިއުބްގައި މިލިއަނަކަށްވުރެ ގިނަ މީހުން ބަލައިފިއެވެ.
މި ލަވަ ޔޫޓިއުބުގައި ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ބީޗް ވައިބެއް ގެނެސްދޭ މި ލަވައަކީ ރެގޭ ޕޮޕް މިއުޒިކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ މެލޮޑީގައި ދިވެހި ބޮޑުބެރުގެ ބައެއް އަޑުތައްވެސް ހިމަނާފައިވެއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ގަނޭޝް ސުރްވޭ އަދި ރާއްޖޭގެ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރ ބާރޗީއެވެ.
މި ލަވައިގެ މި ރެޕް ބައި ލިޔެފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)އެވެ. މި ލަވައިގެ ރިކޯޑިންގ ޝާން ސްޓޫޑިއޯގައި ހެދިނަމަވެސް އުނޫޝާގެ ވޯކަލްސް ރިކޯޑްކޮށްފައިވަނީ މާލޭގައެވެ.
މިލަވައިގެ ހުރިހާ މަންޒަރުތައްވެސް ނަގާފައިވަނީ ރާއްޖޭގައެވެ. ލަވައިގެ ވީޑިއޯއިން ޝާން ފިޔަވާ ދެން މުޅިންހެން ފެނިގެންދަނީ ދިވެހިންނެވެ. އެގޮތުން ލަވައިގައި ހަރަކާތްތެރިވާ ބެކްގްރައުންޑް ޑާންސަރުންނާއި ބޭންޑް މެންބަރުންގެ ގޮތުގައި ފެނިގެންދަނީ ހުސް ދިވެހި ފަންނާނުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.