1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެގްރޯނެޓް ސްކޫލް ގާޑަނިންގ ޕްރޮގްރާމަށް 5 ސްކޫލެއް ހޮވަނީ

dhanduverikan
ދަނޑުބިމެއް - ފޮޓޯ: ޕީއެސްއެމް
ސާއި ޢަލީ
433ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެގްރޯނެޓްގެ ސްކޫލް ގާޑަނިންގ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގްރޯނެޓުން ކުރިއަށްގެންދާ ސްކޫލް ގާޑަނިންގ ޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގްރޯނެޓްގެ ސްކޫލް ގާޑަނިންގ ޕްރޮގްރާމް މިހާރު ކާމިޔާބުކަމާއެކު ތ.ކަނޑޫދޫ ސްކޫލްގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެ ސްކޫލްގައި މިޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެންނެވެ. އެސްކޫލްގައި މިހާރު ލެޓިއުސް، އޮކްރާ، ކިޔުކަންބާ ދަނީ ހައްދަމުންނެވެ.

މިއަހަރު އިތުރު 5 ސްކޫލަކަށް މި ފުރުސަތު ދިނުމުގެ ގޮތުން އެގްރޯނެޓުން މިހާރު ވަނީ ސްކޫލް ގާޑަނިންގ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

300 × 250

https://twitter.com/agronationalmv/status/1538730518703149058

ސްކޫލްތަކުން ޕްރޮޕޯސަލް ހުށައަޅާއިރު މިކަން ކުރިއަށްގެންދާނެ ގޮތްތަކާއި މޮނިޓަރ ކުރާނެ ގޮތްތައް ބަޔާންކުރަންޖެހެއެވެ. އަދި ސްކޫލްގެ ބައިވެރިވުމާއި މިކަމުގައި ދަރިވަރުންގެ ބައިވެރިވުން ހިމަނާނެ މިންވަރު އަދި މި މަސައްކަތް ދާއިމީކޮށް ކުރިއަށްގެންދިއުމުގައި ސްކޫލްގެ ޕްލޭން ހިމަނަންޖެހެއެވެ.

މިއީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެދުމަށްޓަކައި އެގްރޯނެޓްގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ހޮވޭ ސްކޫލްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި ފައިސާ އެގްރޯނެޓުން ފޯރުކޮށްދޭނެއެވެ. އަދި އެސްކޫލްތަކުން ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެގްރޯނެޓުން ގަންނާނެއެވެ.

މިޕްރޮގްރާމްގެ ދަށުން ބޮޑަށް ބަލާނީ ސްކޫލްގެ ދަރިވަރުން ވީހާވެސް ބޮޑަށް ބައިވެރިވެވޭ ގޮތައް ގާޑަނިންގ ޕްރޮގްރާމް ހިންގުމަށް ކަމަށް އެގްރޯނެޓުން ބުނެއެވެ. ރާއްޖޭގައި ދަނޑުވެރިކަމަށް ލޯބިކުރާ ޖީލެއް އުފަންކުރުމަށް އެގްރޯނެޓާއި ސަރުކާރު ގުޅިގެން ކުރާ މަސައްކަތަށް ސްކޫލްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އެކުންފުނިން ބުނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި