1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

މަކިޓާ ހަވަރު ހޭންޑް ބޯލް މުބާރާތަށް ބީސީ ހަބޭސް ނުކުންނަނީ ޔޫރަޕުގެ 2 ކުޅުންތެރިންނާއި އެކު

viber_image_2022-06-26_06-30-27-207
ސާބިޔާގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއް
ޙަސަން ޝަމްޢޫން
591ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގައި ވާދަކުރާ ބީސީ ހަބޭސް، މިފަހަރުގެ މުބާރާތައް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއިއެކު މުބާރާތުގެ ތަށި ކާމިޔާބުކުރުމުގެ އުންމީދުގައެވެ.

މި ޓީމުގައި ރަށުންބޭރު 07 ކުޅުންތެރިން ހިމެނޭއިރު މީގެތެރޭގައި ޤައުމީ އަންހެން ހޭންޑްބޯލް ޓީމުގެ މުހިންމު 02 ކުޅުންތެރިޔަކު ހިމެނެއެވެ. އަދި ކޯޗަކީ ޤައުމީ ޓީމުގެ އެސިސްޓެންޓް  ކޯޗު އަޒުހަމް އެވެ.

މީގެ އިތުރުން ޓީމު އިތުރަށް ވަރުގަދަކުރުމައްޓަކައި ޔޫރަޕުގެ ތަޖުރިބާކާރު ދެ ކުޅުންތެރިއެއް ޓީމުގައި ހިމަނާފައިވެއެވެ. ސާބިޔާގެ ޤައުމީޓީމުގެ ކުރީގެ ކުޅުންތެރިޔާ އަންޖަރ ގެ އިތުރުން މިހާރުވެސް ސާބިޔާގެ ޤައުމީޓީމަގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓީނާ މިހާރުވަނީ ބީސީ ހަބޭސް އާއި ގުޅުމައްޓަކައި މިއަދުގެ ވަގުތެއްގައި ރާއްޖެ އައިސްފައެވެ.

300 × 250

viber_image_2022-06-26_06-30-28-395ސާބިޔާގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިއެއް

ބީސީ ހަބޭސްގެ އޮފިޝަލަކު " ހުވަދޫ ނިއުސް " އަށް މައުލޫމަތް ދެއްވަމުން ވިދާޅުވީ ތިނަދޫ ބަރާސީލް އަވަށަށް ނިސްބަތްވާ ބީސީ ހަބޭސްގެ މިފަހަރުގެ މުބާރާތުގައި ވާދަ މިކުރަނީ ދުވަސްކޮޅެއްގެ މެދުކެނޑުމަކައްފަހުގައި، މީގެ ކުރިންވެސް ތަފާތު އެކިއެކި މުބާރާތްތަކުގައި ބަރާސީލްގެ އަންހެން ޓީމުތައް ބީސީ ހަބޭސްގެ ނަމުގައި ވާދަކޮށް ރަގަޅު ކާމިޔާބީތަކެއް ހޯދާފައިވާނެ، މިއީ އަނެއްކާވެސް އާ ފެށުމެއް "އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތުގެ ތަށި ބަރާސީލުގައި ބަހައްޓަން، އެކަން ވާނެ އިންޝާ ﷲ"

މުބާރާތުގައި ހުރިހާ ޓީމެއްވެސް ވަރަށް ވަރުގަދަކޮއް ފެންނަނީ، ނަމަވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އެޑުވާންޓޭޖަކީ އަޅުގަނޑުމެންގެ އަވަށުގެ ސަޕޯޓަރުން. މިމުބާރާތައް ތާއްޔަރުވުމުގައި އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަން ލިބޭ. ކޮންމެ މީހަކުވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ޓީމުގެ ކަންކަން ކުރަނީ . ރައްޔިތުންގެ ފަރާތުންނާއި މެއިން ސްޕޮންސަރ ގެ ފަރާތުން ލިބޭ ސަޕޯޓަށް ވަރަށް ބޮޑު ޝުކުރެއް ހައްގު.

ޓީމުގެ ރޫހަކީ ސަޕޯޓަރުން، ބީސީ ހަބޭސްގެ މެނޭޖުމަންޓާއި ކުޅުންތެރިންގެ ވަރަށް ބޮޑުއެދުމެއް މެޗުތައް ކުޅޭ ވަގުތު ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވެ ކުޅިވަރުގެ ރޫހާއި އެއްގޮތައް ޓީމަށް ހިއްވަރުދިނުމަކީ، އޮފިޝަލް ވިދާޅުވިއެވެ.

" މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 " ގައި 07 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 03 ވަނަ ދުވަހުއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މޯނިކާ

    ދެން ތެއި ޓީމަން އެންނު ދަޓެ ބައިކެންނެ، އޭޝިއާ ތޮއު ދަޓެ ބައިކެންނެ؟ ހާދަ ޝައުގީ އެ ދާ ފުރަތަމަ މެޗުން ބީސީ މޮޅުވެއްޖެ، ހަމަ އެކަނި ބީސީ ބައިވެރިވެނެ މުބާރާތެކެ ނުންމެއި

ގުޅުންހުރި