ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވެގެން ބައިލައްކަ ރުފިޔާގެ އިނާމް ހޯދުުމުގެ ފުރުސަތު ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ހުޅުވާލައިފިއެވެ.
ލިޔުންތެރިންގެ ޖަމިއްޔާގެ ވެބްސައިޓުގައިވާ ގޮތުން ކުރު ދިގު ވާހަކަ ލިޔެގެން މިމުބާރާތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވިދާނެއެވެ. އެއް ވަނައަށް 25،000ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް 15،000ރުފިޔާ އަދި ތިން ވަނައަށް 10،000ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެ އެވެ.
މިމުބާރާތަކީ 18 އަހަރުން މަތީގެ ބައިވެރިންނަށް ހާއްސަކޮށްގެން، ޒުވާނުން ކިޔަން ޝައުގުވެރިވާނެ ފަދަ ވާހަކަތަކެއް ދިވެހިބަހުން ލިޔެފައި ނުހުންނާތީ އެފަދަ ވާހަކަތަކެއް ލިޔެ ޝާއިއުކުރެވޭނެ މަގެއް ހޯދުމަށާއި އެ ވާހަކަތައް މެދުވެރިކޮށް ދިވެހި މާހައުލާއި ދިވެހި މުޖުތަމައުގެ ހާލަތާއި ކަން ހިނގާ ގޮތާއި ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތައް ދެއްކުމާއި ލިޔެ ރައްކާކުރުމަކީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަކޮށް އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ވަނީ ފުރުސަތު ދީފައެވެ. މުބާރާތުގައު ވަންތަކަށް ހޮވޭ ވާހަކަތައް ލިޔުންތެރިންގެ ގުޅުމުން ޗާޕު ކޮށްދޭނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.