1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސްގެ މައްޗަށް ފައިސާގެ ބޮޑު ތުހުމަތެއް - ތިމަރަފުށީ މުސްތަފާ

Coalition Government
ސާއި ޢަލީ
500ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 27.4 މިލިއަން ރުފިޔާ، އޭނަ އަށް ދޭން އެބަހުރި ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ތުހުމަތުކުރައްވައިފި އެވެ.

މުސްތަފާ މިއަދު ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވާގޮތުގައި އެކަމުގެ ހެކި ވެސް އެބަހުރި ކަމަށާއި އެ ފައިސާ އަކީ މަޖިލީހުގެ މެމްބަރުންތަކެއް ގަންނަން ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެމްއާރްއެމްގެ ފާރިސް މައުމޫނާ ދެ މީހުންވެގެން ހޯދި ފައިސާތަކެއް ކަމުގައެވެ.

https://twitter.com/Thimarafushi/status/1546601367405744128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546601367405744128%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.addulive.com%2F261454

300 × 250

"މެމްބަރުން ގަންނަންވެގެން އިންތިހާބުތެރޭ ވިއްކާލި މަގޭ ބޯޓް އެ އޮތީ ހުކުމް ތަންފީޒުނުކުރެވިފައި،" މުސްތޮފާ ވިދާޅުވި އެވެ. "އެހެންކަމުން އެ ހުކުމުގައި ބުނާ 1.278 މިލިއަން ޑޮލަރު ވެސް ދޭން ޖެހޭނެ." ކަމުގައި އޭނާގެ ޓްވީޓްގައި ބުނެއެވެ. މުސްތަފާގެ މި ޓްވީޓާ ގުޅިގެން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފު ވިދާޅުވެފައި ވަނީ މުސްތޮފާގެ އެ ތުހުމަތަކީ ހަގީގަތެއް ކަމަށެވެ.

https://twitter.com/husainaryf/status/1546650337481994240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546650337481994240%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.addulive.com%2F261454

ރައީސްގެ މައްޗަށް މުސްތޮފާ ފައިސާގެ ބޮޑު ތުހުމަތެއް ކުރައްވާފައިވާ މިދަނޑިވަޅުގައި ރައީސް ހުންނެވީ ހައްޖުގެ މާތް އަޅުކަމަށް ސައޫދީ އަރަބިއްޔާގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި