ސިހުރު ހަދައި މަހާނަ މަތީގައި އިންދާފައިވާ ގަހެއް މާލޭ އާސަހަރާއިން ފެނިއްޖެއެވެ. މި ގަސްފެނިފައިވަނީ، އާސަހަރާ ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި، އާސަހަރާގެ މަސައްކަތު މީހަކަށެވެ.
ބެލެވޭ ގޮތުގައި، ސިހުރުހަދައި މަހާނަ މަތީގައި އިންދާފައިވަނީ، ހިތްތަލަ ގަހެކެވެ. މިގަސް އުފުރުމުން، ގަސްފަޅާފައިވާ ހިތްތަލައިގައި، އަރަބި އަކުރުތަކާއި ގާތްކުރާ ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައި ހުރިކަން ފާހަގަވެފައި ވެއެވެ. އާސަހަރާގެ މަސައްކަތު މީހުންނަށް މިގަސް އުފުރުމުން މިކަން ފާހަގަވެފައިވަނީ މިއަދުގެ ހެނދުނުއެވެ.
މިގަސް ފެނުނު މަސައްކަތު މީހާ އެކަން މީޑިއާއަށް ރިޕޯޓްކޮށްފައިވާއިރު، މިކަން މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް އައިސްފައިވާކަމަށް ނުބެލެވެއެވެ.

އިއްޔެގެ ވަގުތެއްގައި، ހުޅުމާލެ ސަހަރާ ސާފް ކުރަމުން ދަނިކޮށް އެތަނުގެ ވިނަގަނޑުގެ ތެރެއިން ސިހުރު ލިޔެފައިވާ ކެޔޮ ވަކެއްވެސް ފެނިފައިވެއެވެ. ސިހުރު ހެދުމަކީ ނުބައިކަން ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ޝައިޠާނީ އަމަލެކެވެ. ސިހުރުގެ މިނުބައި ވަބާ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހަރުލާފައި ވާކަން ފާހަގަކުރެވެއެވެ. މިފަދަ އަމަލުތައް ހުއްޓުވައި، ސިހުރު ހަދާ ފަރާތްތަށް ހޯދައި، ހަރުކަށި އަދަބު ދޭންޖެހެއެވެ.







ޚިޔާލު (1)
ސިހުރަށް ތަބާވެގެން ކުރިއެރުމާއި މޮޅުކަން ހޯދާމީހުންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭބައެއް ނޫނެވެ. އެމީހުންނަކީ ވަރަށް ބޮޑަށް ނަފްސާނީ ބަލި ޖެހިފައިވާ ބައެއްކަމަށް އަހަރެން ގަބޫލުކުރަމެވެ. ނުކިޔަވާ ހުރި ޖާހިލަކު މީހަކު ލައްވާ ސިހުރުހަދައިގެން ތަނެއްގެ ވެރިޔަކަށް އަތުވެއްޖެނަމަ އެތަނެއް މާގިނަދުވަހެއްނުވެ ފަޅުވެ އެތާގެ މުއައްޒިފުންގެ ހިތުގައި ބިރުވެރިކަމެއް އުފެދެއެވެ. އެތަނަކަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެއެވެ އެތަނެއްގެ މުއައްޒިފުންގެ މެދުގައި ހަސަދަވެރިކަމެއް އަށަގަނެގެންދެއެވެ. ކުއްލިޔަކަށް މުއައްޒިފުން ބަލިވާންފަށާނެއެވެ.. އަހަރުމެން އުޅޭ އޮފީސްތެރެއިން ހޮވި ތަވީދެއް އިލްމުވެރިޔަކަށް ދައްކާ އެއީ ކާކު ކީއްކުރަން ހަދާފަ އިންއެއްޗެއްތޯ ބެލީމެވެ. އަހަރުމެން އެއީ ކޮންތާކުން ފެނުނުއެއްޗެއްތޯ އޭނާކައިރިއަކު ނުބުނަމެވެ. އޭނާބުނީ އެއީ މީހަކު އަެނާއުޅޭ ތަނެއްގެ ވެރިންގެ ލޯބި ހޯދަންށާއި ކުރިއެރުން ހޯދަން ހަދާފަ އިން އެއްޗެއްކަމަށެވެ. އޭނާބުނީ ތިއާއެކު އަދި އިތުރު އެއްޗެހިތަކެއް އެއޮފީހެއްގެ މިވެނި ހިސާބެއްގައި ވަޅުވެސްލާފައި ހުންނާނެކަމެވެ. ކަން ހިގީވެސް އެމަގުންނެވެ. އޭނާ ބުނި ތަންތަން ކޮނެ ބެލިއިރު ތިމަރަ ފޮއްޗެއްގައި ލިޔެފައުވާ ސިހުރުތަކެއްވެސް ފެނުނެވެ. ތަނެއްގެ ވެރިކަން ހޯދުމަށާއު ވެރިންގެ ރުހުންހޯދަން ސިހުރުހަދާނީ ވަރަަށް ބޮޑަށް ސިކުނޑީގެ އުނިކަމެއް ހުރި މީހެއްކަމަށް މަށަށް ގަބޫކުކުރެވެއެވެ. ގައިގާ ނެތްފެންވަރަކުން ކުރިއެރުން ހޯދީމާ ބައެއްފަހަރު ބުލީގެ ޝިކާރައަކަށްވެ އަމިއްލައަަށް މީހާބާކީވެއދެއެވެ