1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްކައުޓް ޔުނީފޯމަށް ގަދަރު ކުޑަވާނެހެން އަމަލުކޮށްފައިވާތީ ސްކައުޓު އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި

WhatsApp-Image-2022-07-17-at-9.46.48-AM-750x375
ތ. ކިނބިދޫގައި ބޭއްވި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށްފައި
ސާއި ޢަލީ
501ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަޟުހާ ޢީދު ފާހަގަކުރުމުގެ ގޮތުން ތ. ކިނބިދޫގައި ބޭއްވި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށް އެ ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން އަމަލުކޮށްފައިވާތީ އެ އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި އަދި ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމުގައި ބަޔާނުގައިވެއެވެ.

އެ ޖަމްޢިއްޔާ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައާއި އަތޮޅު އަދި ގައުމީ ފެންވަރުގައި ޚިދުމަތްކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް އެ ބަޔާނުގައިވެއެވެ.

300 × 250

”ސްކައުޓު ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ އެކި އެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކަނި ބޭނުން ކުރުމަށް މި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ހުއްދަކުރާ ތަކެއްޗެވެ. ވީއިރު ސްކައުޓް އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނީފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމަކެވެ،“ އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ސްކައުޓް ޔުނީފޯމަށް ދެވޭ ގަދަރު ކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ޔުނީފޯމު ބޭނުންކުރުމަކީ ސްކައުޓް އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެކެވެ. އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާނެ ކަމަށް ވެސް އެ ބާނުގައި ފާހަގަކޮށްފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި