އިސްލާމް ދީނަށް ހަޖޫ ޖަހައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުތުރު ބަސްތައް ރައްދުކުރި ހުސައިން ޝައިހާން އަނެއްކާވެސް ދީނަށް ފުރައްސާރަކުރަން ފަށައިފިއެވެ.
މީގެކުރިންވެސް ޝައިހާން ވަނީ ޓްވިޓާގައި ފޭކް އެކައުންޓެއް ހުޅުވައިގެން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައެވެ. ކުރިން ވެސް ބޭނުންކުރި ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ޓުވިޓާގައި ޝައިހާން ދަނީ އިސްލާމްދީނަށް ހަޖޫޖަހަމުންނެވެ.
"ކުރެދި ކުރި" ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން އިސްލާމް ދީނަށް ފުރައްސާރަކުރަނީ ޝައިހާންކަން އެނގުމުންވެސް އޭނަގެ މައްސަލަ ސަރުކާރުން ނުބެލުމުން ޝައިހާންވަނީ މިދިޔަމަހު 22 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާފައެވެ. އަދި އެއެކައުންޓު ވަނީ ޑީއެކްޓިވޭޓް ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.