1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އަތޮޅުގެ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް- ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް ފަށައިފި

295094716_167763462484140_4602906773430750212_n
"ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ގާފު
މުހައްމަދު އަޚްތަރު
560ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް، "ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ފަށައިފިއެވެ.

ގދ.ވާދޫ ޓާރފް ދަނޑުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި "ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ރަސްމީކޮށް ފައްޓަވައި ދެއްވީ ދައުލަތުގެ މާލީ ވަޒީރު އަދި އެ ރަސްމިއްޔާތުގެ ޝަރުފުވެރި މެހުމާން އިބްރާހިމް އަމީރު އާއި، އެ މުބާރާތުގެ ގެސްޓް އޮފް އޮނާރ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ގެ މެޗް ކިކް އޮފް އަކުންނެވެ.

މި ރަސްމިއްޔާތުގައި "ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ގެ ރަސްމީ ލަވަ އިފްތިތާހު ކޮށްފާވާއިރު، އެކަމަށް ޚާއްސަ ނެށުމުގެ އައިޓަމެއްވެސް ވަނީ ހުށަހަޅާފައެވެ.

300 × 250

294652987_167763235817496_636703649667678385_n"ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ގާފު

ޗެމްޕިއަންޓީމަށް 75،000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އިޖްތިމާޢީ ހަރާކަތްތަކުގައި އަތޮޅު ކައުންސިލްގެ އެއްބާރުލުން އަބަދުވެސް ލިބިގެން ދާނެ ކަމަށެވެ.

294912779_167763522484134_2974018024753734827_n"ގދ.އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ގާފު

މީގެ ކުރިން ޓީއެންޓީ ކްލަބުން ރަށު ފެންވަރުގެ 5 މުބާރާތެއް ބާއްވާފައިވާއިރު، މި އަހަރުގެ މި މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން އެ ކްލަބުން އިންތިޒާމްކުރާ ފުރަތަމަ މުބާރާތެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި