ދުބާއީގެ ބަޖެޓް އެއަރލައިން، ވިޒް އެއަރ ލައިންސްގެ ދަތުރުތައް އަންނަމަހު ރާއްޖެއަށް ފަށަން ނިންމައިފިއެވެ.
ވިޒް އެއަރ ލައިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އޮގަސްޓުމަހު އެ އެއަރލައިންގެ އެއަރ ބަސް އޭ321 ނިއޯ މަރުކާގެ މުޅިން އައު ބޯޓެއް ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ހަތަރު ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓުކުރުމަށް ވަނީ ރާވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ހަފްތާގެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ވިޒް އެއަރލައިންސްގެ ފްލައިޓެއް ރާއްޖެއަށް ދަތުރުކުރާނެއެވެ.
ވިޒް އެއަރ ލައިނުން ރާއްޖެއަށް ދަތުރުތައް ފަށާއިރު، އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއަރވޭސް އިން އެކަންޏެވެ. އެކަމަކު ޔޫއޭއީގެ ދުބާއީ އާއި މާލެއާ ދެމެދު އެމިރޭޓްސް އަދި ފްލައި ދުބާއީން ކޮންމެ ދުވަހަކު ފްލައިޓް އޮޕަރޭޓު ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.