1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރިން ބޭއްވުމަށް ނިންމި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދު ބުރު ކެންސަލް!

142960_b5fdc407-8_
ސާއި ޢަލީ
565ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނޯންނާނެކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއިން ވިދާޅުވީ، އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް، މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ.

ނަމަވެސް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

300 × 250

މިއަހަރު ފުޅަނދުބުރުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ކުރިން ނިންމި ނަމަވެސް، އެ ހަރަކާތްވެސް ފަހުން ވަނީ ނުބޭއްވުމަށް ނިންމާފައެވެ. ފުޅަނދު ބުރު ހަރަކާތަކީ އެކިއެކި ކުންފުނިތައް ބައިވެރިވެގެން ހިންގާ ބޮޑު ހަރަކާތެކެވެ. އަދި މިއީ ކުޑަކުދިންނާ އާއްމުންގެވެސް އެންމެ ބޮޑު ތަރުޚީބެއް ލިބޭ އެއް ހަރަކާތެވެ.

ފުޅަނދުބުރު އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު 5 ކުންފުންޏަކުން ބައިވެރިވިއެވެ. މިއަހަރުވެސް ފުޅަނދުބުރު ބޭއްވުމަށް ކުންފުނިތަކަށް ހުށައެޅި ނަމަވެސް، ފަހުން ވަނީ އެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުން ވަނީ ޕެރޭޑެއް ބޭއްވުމަށް ނިންމާފައެވެ. މިއީ މިނިވަން ދުވަސް ފާހަގަކުރުމާއި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި