1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ނޫސްވެރިން ރައީސް ޔާމީންގެ ހަބަރު ލިޔާތީ އިކްރާމް ރަތަށް

MP Ikaram
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ސާއި ޢަލީ
561ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމާ ގުޅޭ ހަބަރުތައް ނޫސްތަކުގައި ލިޔުމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރުޅިގަދަވެއްޖެ އެވެ.

ރޭ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އިދިކޮޅުން ނިންމުމުން ހުރިހާ ނޫސްތަކުން އެވާހަކަ ލިޔުމުން އެކަމަށް ރައްދު ދެއްވާ އިކްރާމްވަނީ އެއީ ޚަބަރެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާ ޓުވީޓު ކުރައްވާފަ އެވެ.

https://twitter.com/ikramhassan/status/1553804548401086465?s=20&t=Dt92gxF2aByeEgYT3SJ6FA

300 × 250

އޭނާ ވިދާޅުވީ އެއީ އަވަސް އަރައިގަނެގެން ބަޔަކު ވާހަކަތަކެއް ދެއްކުން ކަހަލަ ކަމެއް ކަމުގަ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ވަނީ އިކްރާމްއަށް ޓުވިޓާގައި ރައްދު ދީފަ އެވެ.

އިކްރާމް މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ލީޑަރަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމުމަކީ ނޫސްވެރިކަމަށް ބަލާއިރު އެންމެ ހޫނު އެއް ހަބަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިއްޒަތް ނުލިބޭކަމަށް ވިދާޅުވެ މީގެ ކުރިންވެސް މެންބަރު އިކުރާމް ޙަސަން ވަނީ ގިނަ ޝަކުވާތަކެއް ކުރައްވާފަ އެވެ. އަދި އިކްރާމްގެ ތަފާތު ފޮޓޯތައް ނޫސްވެރިން ހަބަރުގައި ބޭނުން ނުކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ވެސް އިކްރާމްވަނީ ކުރިން ޓުވީޓު ކޮށްފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި