1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ސިޓީ 'ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯލް 2026' ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނިމިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ކްލަބް ވެމްކޯ - ފޮޓޯ : ހަވަރު ސްޕޯރޓްސް
މަރްޔަމް ޝަފާ ސައީދު
1,804ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ސިޓީ "ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯލް މުބާރާތް 2026" ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށައި، މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުވަދޫ ރިކްރިއޭޝަނުން ހުޅުވާލައިފިއެވެ.

މި މުބާރާތް އިންތިޒާމުކޮށް ހިންގުމަށްޓަކައި، ހުވަދޫ ރިކްރިއޭޝަން ކްލަބާއި ތިނަދޫ ސިޓީ ޑަބްލިއުޑީސީ އާއި ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމާއެކު، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 10 އޯގަސްޓް 2026 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު https://forms.gle/2Ug9RSbYrQZRRssWA މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

300 × 250

މި މުބާރާތަކީ ތިނަދޫގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ ހޯދާފައިވާއިރު، އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިޓީ ސްޓާސްއެވެ.

ހުވަދޫ ރިކްރިއޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ތިނަދޫގައި ހޭންޑްބޯޅަ ކުރިއަރުވައި، ކުޅުންތެރިންގެ މެދުގައި ކުޅިވަރުގެ ވާދަވެރި ރޫޙެއް އުފެއްދުމެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކްލަބުގެ ނަންބަރު 9991210 އާ ގުޅުމަށް ވަނީ އެދިފައެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އިން ބުނި ގޮތުގައި، އެ ކޮމިޓީން އަބަދުވެސް އަންނަނީ ރަށުގެ ކުޅިވަރު ކުރިއެރުވުމަށް އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މުބާރާތަކީވެސް ތިނަދޫ ސިޓީގެ ކުޅިވަރުގެ ފޯރި ގަދަވެގެންދާނެ "ކުޅިވަރު ޢީދަކަށް" ވެގެންދާނެ ކަމަށް އެ ކައުންސިލުން އުންމީދު ކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި