1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފުރަތަމަ މެޗުގައި ލިވަޕޫލް ފުއްދާލަންޖެހުނީ ޕޮއިންޓަކުން

viber_image_2022-08-06_08-43-12-631
ޙަސަން ޝަމްޢޫން
367ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ފުލަމް އަތުން ބަލިނުވެ، 2-2 ގެ ނަތީޖާއަކުން ލިވަޕޫލް އެއްވަރުވެއްޖެއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގަށް އެނބުރި އައި ފުލަމް އިން އެޓީމު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި، ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ފުލަމްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާއިރު، ކައުންޓަރ އެޓޭކުގައި ފުލަމް އިން ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

މިގޮތުން މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ފުލަމް އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެކްސެންޑާ މިޓްރޮވިޗްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކެނީ ޓެޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

300 × 250

މި ލަނޑާއެކު ލިވަޕޫލް އިން ކުރިޔަށް ޖެހި ފުލަމްގެ ގޯލަށް ނުރައްކާކުރެވޭތޯ ބެލި ނަމަވެސް، ފުރަތަމަ ހާފް ނިމިފައި ވަނީ 0-1 ގެ ނަތީޖާ އަކުން ފުލަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ބަދަލުތަކެއް ގެނެސް ލިވަޕޫލް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، 64 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މުހައްމަދު ސަލާހު ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އުރުގުއާއީގެ ފޯވާރޑް ޑާވިން ނޫނޭޒްއެވެ.

ނަމަވެސް ފުލަމް އިން ވަނީ 72 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުގެ ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ފުރަތަމަ ލަނޑު ކާމިޔާކުކޮށްދިން ކުޅުންތެރިޔާ މިޓްރޮވިޗްއެވެ. ލިވަޕޫލް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 81 ވަނަ މިނެޓުގައި ނޫނޭޒް ދިން ޕާހަކުން  މުހައްމަދު ސަލާހު ކާމިޔާބުކޮއްދިން ގޯލަކުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި