1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

people's majlis maldives
ރައްޔިތުންގެ މަޖިލިސް އިދާރާ
ސާއި ޢަލީ
430ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ އެ އިދާރާގެ ސީނިއަރ މުވައްޒިފެއް ނޫނެވެ. އަދި މިމުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ، މިހާރު އާންމުވެފައިވާ ވީޑިއޯތަކުގައި ފެންނަ ބަންގްލަދޭޝްގެ އަމަލްގިރިއާއި އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ކަން އަދި ވަނީ ޔަގީން ކުރެވޭގޮތެއް ނުވެފައެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް މުވައްޒިފަކު ސަސްޕެންޑް ކޮށްފައިވާއިރު، ބަންގްލަދޭޝްގެ އަލަމްގިރިއާއެކީ އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނާ ގިނަ ވީޑިއޯތަކެއް ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ދަނީ ލީކުވަމުންނެވެ.

300 × 250

މިގޮތުން އެންމެ ފަހުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ ޓީޗަރަކާއި އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ތައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުގެ އިތުރުން ނޫސްވެރިޔާ ނަސީރު ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި