1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭގައި އަންހެނެއްގެ ކަރު ބުރިކޮށްލައިފި

Police Scene
ސާއި ޢަލީ
1,188ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި އަންހެނެއްގެ ކަރު ބުރިކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރު ބުރިކޮށްލާފައި އޮތް އަންހެން މީހާ ފެނިފައި ވަނީ ހެންވޭރު ޗީބޯ ރެސްޓޯރެންޓް ސަރަހައްދުގައި ހުންނަ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

މިވަގުތު އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައެވެ.

300 × 250

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހ.ޝީރީން ވިލާ ގައި ކުއްޔަށް ދިރިއުޅޭ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ފިރިމީހާ ވަނީ އޭނާގެ އަންހެނުން ގެ ކަރު ބުރިކޮށްލާފައެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލެ ގެއެއްގައި ޒަަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލުމާތު ލިބިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކުށުގެ ވެށިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި