ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ބަޔަކަށް 10 މިލިޔަން ރުފިޔާ ދިނީ ވެރިކަން ވައްޓާލާކަށް ނޫން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ. އުއްޗު ވިދާޅުވި ގޮތުގައި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރު ވައްޓާލަން އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައިނުވާނެއެވެ. އެހެންނަމަވެސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރު ވައްޓައިލަން ބަޔަކު އުޅުނު ދުވަސްވަރެއް އައި ކަމަށާއި, އެ ގޮތުން އެކަމާ އެހީތެރިވެދެއްވުމަށް އޭނާއަށް ހުށަހެޅުއްވި ކަމަށް އުއްޗު ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ. ދިޓީވީ ހިންގަމުން ދިޔައިރު ވެރިކަން ވައްޓާލަން ބަޔަކު އެހީތެރިކަމަށް އެދިފައިވީނަމަވެސް އެމީހުންނަށް އެހީތެރިވެ ނުދެއްވާނެ ކަމަށް އެމީހުން ކައިރީ ބުނެފައިވާނެ ކަމަށާއި އެފަދަ ކަމެއް ދުވަހަކުވެސް ނުކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މައުމޫންގެ ސަރުކާރު ވައްޓާލުމަށްފަހު ވެރިކަން ލިބިގެން އިނާމް ހޯދަން އައި ބޭފުޅުންނަށް 10 މިލިޔަން ރުފިޔާގެ އިނާމެއް ދީފައިވާނެ ކަަމަށް އުއްޗު ވަނީ މީޑިޔާގައި އިއުތިރާފް ވެފައެވެ.
''އަޅުގަނޑު ބުނިން އެހީއެއް ނުވާނަމޭ ސަރުކާރު ވައްޓައިލާކަށް. އެހެންނަމަވެސް ކަލޭމެން ތަށި ހޯދައިގެން އަންނާށޭ, އިނާމު ދޭނަމޭ ލިބިއްޖެއްޔާ. ދެން އެ ބޭފުޅުންނަށް ވެރިކަން ލިބިގެން ދެ ބޭފުޅަކު ދިޔަ އަޅުގަނޑު އޮފީހަށް. ބުނި މިއައީ އިނާމު ބަލައޭ.'' އޭނާ ވިދާޅުވިއެވެ.
މިއަދަދު މަދުވެގެން އެބޭފުޅުން ބުނި ނަމަވެސް އިތުރު ފައިސާ ދީފައިނުވާނެ ކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.