މި ފެށުނު އޮކްޓޫބަރު މަހާ އެކު ކުރިއަށް އޮތް 3 މަސް ތެރޭގައި ގދ ތިނަދޫ ކައުންސިލްގެ އިދާރާ އާއި ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އަމިއްލަ އިސް ނެގުމާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ގދތިނަދޫގައި ގިނަގުނަ ޙަރަކާތްތައް ހިންގުމަށް ވަނީ ތާވަލް ކުރެވިފައެވެ.
މި އަހަރު ތެރޭގައި ގިނަގުނަ ހަރަކާތްތަކެއް ހިންގާފައިވާ ތިނަދޫ ކައުނަސިލް އަދި ޑަބްލިއުޑީސީ އިން 2022 ނިންމަން ފުލުފުލުގައި ހަރަކާތްތައް ތާވަލު ކޮށް ތައްޔާރީތައް ފަށާފައި ވާއިރު އެ ހަރަކާތްތަކާ ގުޅިގެން ތިނަދޫ އަށްވެސް އެތައް ހާސް ބަޔަކު އަންނާނެއެވެ. ސްކޫލް ތަކުގެ އެތައް ސަތޭކަ ދަރިވަރުން އެކި މުބާރާތް ތަކުގައި ބައިވެރިވާން އަންނާނެއެވެ.
ތާވަލް ކުރެވިފައިވާ މުހިއްމު ބައެއް ޙަރަކާތްތަކަށް ބަލާލާއިރު:
1. އޮކްޓޫބަރު 6 އިން 8 އަށް- ގދ.އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް – މިމުބާރާތް ރާވައި ހިންގުން ޙަވާލު ކުރެވިފައިވަނީ ތިނަދޫ ކައުންސިލާއި.
2. އޮކްޓޫބަރު 23 އިން 28 އަށް- މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް ނޭޝަނަލް އެތްލެޓިކްސް މީޓް. – މިމުބާރާތް ވެސް ރާވައި ހިންގުން ޙަވާލު ކުރެވިފައިވަނީ ތިނަދޫ ކައުންސިލާއި.
3. އޮކްޓޫބަރު މެދުތެރޭ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ތާވަލް ކޮށްފައިވާ އަންހެނުންނަށް ޚާއްޞަ އެޑްވާންސް ފަހާ ކޯސް ހިންގޭނެ.
4. އޮކްޓޫބަރު މަހު ފުރަތަމަ ހަފްތާތެރޭ އަންނަ ބައިނަލް އަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ތިނަދޫ ކައުންސިލުން ހުރިހާ މުދައްރިސުންގެ އަގުވަޒަން ކުރުމުގެ އިވެންޓެއް ބާއްވާނެ.
5. އޮކްޓޫބަރު މަސްތެރޭ ބައިނަލް އަޤުވާމީ ކެންސަރުގެ ދުވަހާއި ގުޅުވައިގެން ކެންސަރު ބައްޔަށް މީހުން ހޭލުންތެރި ކުރުމުގެ ޙަރަކާތެއް ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ހިންގާނެ.
6. ނޮވެމްބަރު މަހުގެތެރޭ – ޒުވާނުންގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ޓޭޑް ޖަމިއްޔާއާއި ގުޅިގެން އެޖަމިއްޔާއިން އިންތިޒާމް ކުރާ އޮފީސްތަކުގެ މެދުގައި ހުވަދޫ ބަހުން ބޭއްވޭ ބަޙުސާއި، ގްރެފިކް ޑިޒައިނިންގ ކޯސް ހިންގުން.
7. ނޮވެމްބަރު މަހުގެތެރޭ – ޒުވާނުންގެ މެދުގައި ހުޅުވާލެވިގެން ބޭއްވޭ ބޮޑު ފުޓްސެލް މުބާރާތް ބޭއްވުން.
8. ނޮވެމްބަރު މަހުގެތެރޭ – ރަށު ފެންވަރުގައި ބޭއްވޭ ތިނަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް ބޭއްވުން.
9. ނޮވެމްބަރު 17 އިން 19 އަށް – ކުޑަކުދީންގެ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތަކެއް ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ހިންގާނެ.
10. ނޮވެމްބަރު މަހުގެތެރޭ – އޮފީސްތަކުގެ ފިރިހެން މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ޙަރަކާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތް ކުރުމުގެ ޙަރަކާތްތަކެއް ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ހިންގާނެ.
މީގެ އިތުރުން އެހެނިހެން ޖަމްޢިއްޔާތަކާ ސްކޫލްތަކާ ވިޔަފާރި ކުރާ ފަރާތްތަކަށް ތިނަދޫ ގައި އިތުރު, ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.