1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

''އިރުބެ އެކެޑަމީ'' އިން ހަމަ އެންމެ މަހެއްހާ ދުވަހުން ''އޭސީގެ އެޑްވާންސް ޓެކްނީޝަން'' އަކަށް ވުމުގެ ފުރުސަތު

IMG-e07f4fef63d97386d338063d314b7b7e-V
އެއާކޮންޑިޝަންގެ އެޑްވާންސް ޓެކްނީޝަނަކަށް ހަމައެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ވުމުގެ ފުރުސަތު
ޝާމިން ސަޢީދު
700ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޭސީގެ އިންޑޯ އަދި އައުޓުޑޯގެ ޕީސީބީ ކާޑަށް ދިމާވާ އާއްމު މައްސަލަތައް ހައްލުކުރަން ދަސްކޮށް ދިނުމަށް "އިރުބެ އެކެޑަމީ"އިން އޮންލައިންކޮށް ތަމްރީނުކޮށްދޭ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ކޯހުގައި ބައިވެރިވާ ފަރާތަކީ ކޯސް ނިމޭއިރު، އާމްދަނީ ހޯދުމުގެ ގޮތުން ޕާޓްޓައިމްކޮށް ނުވަތަ ފުލްޓައިމުކޮށް ވިޔަސް މި ހިދުމަތް ދޭން ފެށޭވަރުގެ ގާބިލު، އެޑްވާންސް ފަރާތަކަށް ވެގެންދާނެއެވެ. އަދި ހަމައެހެންމެ އަމިއްލައަށް ދިރިއުޅޭ ގޭގައި އޭސީއަށް ދިމާވާ މައްސަލަތައް އެމަސައްކަތް ކުރާ އެހެން ފަރާތަކަށް ފީއެއް ދީގެން ހައްލު ކުރުމުގެ ބަދަލުގައި އަމިއްލައަށް އެފަދަ މައްސަލަތައް ހައްލު ކުރެވޭވަރުވާނެއެވެ.

މިތަމްރީނަކީ އެޑުވަންސް ތަމްރީނަކަށް ވުމުން މި ވޯކުޝޮޕުގައި ބައިވެރި ވެވޭނީ އޭސީގެ މަސައްކަތްކުރަން ދަންނަ އަދި އިލެކްޓުރޯނިކު ބޭސިކު ދަންނަ ބޭފުޅުންނަށެވެ. އޭސީގެ މަސައްކަތް އެއްވެސް ވަރަކަށް ނޭންގޭ ބޭފުޅުންނަށް މީގެ ބޭސިކު ކޯހެއް މި އެކަޑަމީގައި ކުރިއަށް ދާނެއެވެ. މިކޯހުން އެލެކްޓުރޯނިކުސްއަށް ދޮރު ހުޅުވާލަދެވި އޭސީގެ ކާޑުތައް މޮޑިފައި ކުރަން ދަސްވެގެން ދާނެއެވެ.

300 × 250

ކޯހުގެ ފީއަކީ ޖުމުލަ /-1585 ރުފިޔާއެވެ. ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ރޭގަނޑު 9:00ގައެވެ.

ރަޖިސްޓުރީ ވުމަށް އިރުބެ އެކަޑަމީގެ ވައިބާރ ކޮމުނިޓީއަށް ޖޮއިންވެ އެ ކޮމުނިޓީއިން ރަޖިސްޓްރީ ފޯމް އޮންލައިންކޮށް ހުށަހަޅުއްވާށެވެ. ނުވަތަ ތިރީގައި މިވާ ލިންކުންވެސް ރަޖިސްޓުރީ ކުރެވޭނެއެވެ.

ރަޖިސްޓުރީ ވުމަށް ތިރީގައިވާ ފޯމް ފުރާލެއްވުން އެދެމެވެ. ވީހާވެސް އަވަހަށް ފޯމު ފުރާލެއްވުން އެދެމެވެ. 18 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 23:59އަށް މިކޯހުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެގެންދާނެއެވެ

https://forms.gle/iVLinMEazPQ8Qb939

އަދިވެސް މިކޯހާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ ހިލޭ އިންޓުރޯ ކުލާހަށް ޖޮއިން ވުމަށް، ވައިބާރއިން"އިރުބެ އެކަޑަމީ ކޮމިއުނިޓީ"އަށް ވަންނަވާ!

https://invite.viber.com/...

އިތުރު މައުލޫމާތު ހޯއްދެވުމަށް 9407991 ގުޅުއްވާ!

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި