1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ނާހިލްގެ ލޯންގޖަމްޕްގެ އާ ރިކޯޑާ އެކު ގައުމީ ޓީމުން މެޑްލީ ރިލޭގެ ޔޫތު ރެކޯޑުވެސް މުގުރާލައިފި

IMG-3959d8549cb87c126e0367812bb13d05-V
އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި ވާދަކުރި މެޑްލީ ރިލޭ ޓީމު
ޝާމިން ސަޢީދު
961ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުވެއިތުގައި ކުރިއަށް ދާ އޭޝިޔާގެ ޔޫތު މުބާރާތުގައި، ރާއްޖޭގެ ޓީމުން މެޑްލީ ރިލޭ ޔޫތު އަދި ޖޫނިއަރ ނޭޝަނަލް ރިކޯޑު މުގުރާލައިފިއެވެ.

މެޑްލީ ރިލޭގެ ކުރީގެ ރިކޯޑަކީ ދެ މިނިޓް 08.8 ސިކުންތެވެ. އަދި މިފަހަރުގެ ރިކޯޑަކީ ދެ މިނިޓް 4.92 ސިކުންތެވެ. މިރިކޯޑު ހެދި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މުހައްމަދު މިންހާލު ޝާމިން، ޔޫސުފު އާއިޝް މުހައްމަދު، އިބްރާހިމް ނާހިލް ނިޒާރު އަދި ހުސެން ޒީކް ސުއާދެވެ.

އޭޝިޔާގެ އެތުލެޓިކްސް މިމުބާރާތުގައި ރާއްޖޭގެ ސްޕްރިންޓަރު، މަރިޔަމް ރޫޔާ އަލީ ވަނީ އޭނާގެ އަތުގައި ކުރިންވެސް އޮތް ރިކޯޑު އާކޮށް، 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ގައުމީ ރިކޯޑު އާކޮށްފައެވެ. 12.52 ސިކުންތުން ރޭސްނިންމައިގެން ރިކޯޑު މުގުރާލި ރޫޔާ ދިޔައީ ހީޓް އެކެއްގެ ހަތަރުވަނައަށް ކަމުން އޭނާއަށް ފައިނަލުގައި ވާދަ ކުރަންވެސް ފުރުސަތު ލިބުނެވެ.

300 × 250

މިމުބާރާތުގައި ރާއްޖެއިން ފަސް އެތުލީޓަކު ވާދަކުރެއެވެ. އެއީ އަންހެން 1 އަދި ފިރިހެން 4 އެތުލީޓުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ލޯންގްޖަމްޕްގެ ރިކޯޑު ހިފަހައްޓާފައިވާ އިބްރާހީމް ނާހިލް ނިޒާރު ވަނީ އިއްޔެ ކުރިއަށް ދިޔަ ލޯންގޖަމްޕް އިން ފައިނަލަށް ދަތުރުކޮށްފައެވެ.

ރާއްޖޭގެ ޒުވާން އެތުލީޓުން، ފަހަކަށް އައިސް، ގައުމީ ފެންވަރުގަޔާއި ހާއްސަކޮށް ބައިނަލްއަގްވާމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބީތައް ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ އެތުލެޓިކްސްގެ އުޖާލާ މުސްތަގުބަލެއް އޮތްކަން ހާމަކޮށްދޭ ކުރިއެރުމެކެވެ.

އަތޮޅުތެރޭގައި ހިނގާ އެތުލެޓިކްސްގެ ހަރަކާތްތަކަށް ބަލާލާއިރު، މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ބޭއްވޭ، "އެސްޓީއޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022"، މި އޮކްޓޯބަރުމަހުގެ 23ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުން ޖުމްލަ 36 ޓީމު ބައިވެރިވާ މިމުބާރާތުގައި ޖުމްލަ 1156 އިވެންޓް ހިމެނޭހެން، ކުރިއަށްދާނީ މިމަހުގެ 23 އިން27 އަށް، ގދ.ތިނަދޫ ސްޓޭޑިއަމްގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި