1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔުނިކް 8ބޯލް ބިލިއާރޑްގެ ފައިނަލް މާދަމާ ރޭ ބައްދަލު ކުރާނީ ޒައިދު އާއި އަނޫފް

IMG-35fd9647acaddd6bbc81e0c55ee8d6fd-V
ފައިނަލުގައި ވާދަކުރާ ދެ ކުޅުންތެރިނެ
މުހައްމަދު އަޚްތަރު
339ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްޕޯޓްސް ކްލަބް ޔުނީކް އިން އިންތިޒާމް ކޮށްގެން ގދ. ތިނަދޫ ގައި ކުރިއަށް ގެންދިޔަ ޔުނީކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލް މެޗް މާދަމާ ރޭ 21:00 ގައި ފެށިގެން ކުރިޔަށް ދާނެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބެސްޓް އޮފް 7 ފްރޭމަށެވެ. މި މެޗު ގައި ބައްދަލު ކުރާނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ޒައިދު މުހައްމަދު ރަޝީދު( ޒައިދު) އާއި އަހުމަދު އަނޫފް މުހައްމަދު (އަނޫފް) އެވެ.

ޒައިދު ފައިނަލުން ޖާގަ ހޯދާ ފައިވަނީ ސެމީ ފައިނަލް ގައި 3-2 އިން ބުނާ ސައިޑުން ބަލިކޮށްފައެވެ. އަދި އަނޫފް ފައިނަލުން ޖާގަ ހޯދާ ފައިވަނީ ސެމީ ފައިނަލްގައި ލޫޒާސް ސައިޑުން ޔަޝްފައު 3-1 އިން ބަލިކޮށްފައެވެ.

މި މުބާރާތުގެ 3 ވަނަ ޔަޝްފައު އަށް ލިބުނުއިރު 4 ވަނަ ލިބިފައިވަނީ ރައްޔާނަށެވެ.

300 × 250

މީގެ އިތުރުން 5 ވަނައަށް ހޮވުނީ ކުޅުންތެރިޔާ އިން ފެށިގެން 8 ވަނައަށް ދިޔަ ކުޅުންތެރިޔާ ހަމައަށް، ކޮންމެ ކުޅުންތެރިޔަކަށް -/500 ރުފިޔާ ވަނީ ދީފަ އެވެ. އަދި 9 ވަނަ އިން ފެށިގެން 16 ވަނައަށް ދިޔަ ކޮންމެ ކުޅުންތެރިއަކަށް -/200 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ މޮޅު 4 ކުޅުންތެރިންނަށް ބިލިއަރޑް ކިއު އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗެމްޕިއަންކަން ހޯދާ ފަރާތަށް 7،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ދެވަނަ ހޯދާ ފަރާތަށް 3،000 ރުފިޔާ، ތިން ވަނަ އަދި 4 ވަނައަށް ހޮވޭ ކުޅުންތެރިޔަކަށް -/1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ޔުނީކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ 9 ޖަހާ އިރުއެވެ.

މުބާރާތުގައި 32 ފަރާތަކުން ބައިވެރިވެފައިވިއެވެ. އަދި ޑަބަލް އެލިމިނޭޝަން އުސޫލަށް 61 މެޗު ވަނީ ކުޅެފައި އެވެ.

ސްޕޯޓްސް ކްލަބު ޔުނީކަކީ ދާދި ފަހުން ތިނަދޫގައި ރަޖިސްޓަރީ ކުރި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ތިނަދޫ ގައި ބިލިއާރޑް ، ބެޑްމިންޓަން ، ސިނަމާ އަދި ކަރަައޯކޭ ރޫމް އަދި ޖަލްސާކުރާނެ ހޯލާއި އެހެނިހެން އިންޑޯ ކުޅިވަރު ކުޅެވޭނެ ތަންތަނާއި އެކު ޖަމިއްޔާ ގެ އޮފީސް ހިމެނޭހެން ސޯޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި އިމާރާތް ހުޅުވުމާއި ސްޕޯޓްސް ކްލަބް ޔުނިކް އިފްތިތާޙް ކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި