މިިޒަމާނަކީ ދިރިއުޅުމުގެ ފައްޓަފާޅި ނުވަތަ ލައިފް ސަޓައިލު ހުރިގޮތުން ކުރަން ހުރި މަސައްކަތްތައް ފުނިޖެހި، އެކަމާ ކަންބޮޑުވެ ހާސްވެ ހަދާނެގޮތް ހުސްވެގެން ކޮންމެސް ގޯސް ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތް ޒަމާނެކެވެ.
މިފަދަ ދިރިއުޅުމުގެ ތަފާތު އެކި ކަންކަމުގައި، ހާސްވެ ކަންބޮޑުވެ ހަދާނެ ގޮތެއް ނޭނގި، ކަންބޮޑުވުމާ ކުރިމަތިލާން ނޭނގުމުގެ ނަތީޖާ ގޯސްވާތަން ފެންނަނީ އެކަމުގެ އެއްވެސް އިލްމެއް ނެތުމުންނެވެ. ނަފްސާނީ ކަންތަކަކީ ކޮންމެ އިންސާނެއްގެ ސިކުނޑީގައިވެސް ހިނގާ ކަންތަކުން އެއިންސާނެއްގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން ކުރިމަތިވާނެކަންތަކެވެ. އެހެންކަމުން މިކަމުގެ އިލްމު ލިބިގެން ތިބި ފަރާތްތަކުން ކަމާބެހޭ މައުލޫމާތު އެނގިގެން ތިބުމަކީ ހަމަ އަމިއްލަ ނަފުސަށް ލިބޭ އަމިއްލަ ހަޔާތަށް ލިބޭ ކުރިއެރުމެކެވެ.
އިރުބެ އެކެޑަމީއިން މިފަދައިން ސްޓްރެސް އާ ކުރިމަތިލާ، ހައްލުކުރުމަށް ދަސްކޮށްދިނުމަށް ލައިވް ސެޝަންތަކެއް މިވަނީ ހަމަޖައްސާ އިއުލާންކޮށްފައެވެ.
މި ދެ ދުވަހުގެ ކުރު ވޯކްޝޮޕް ކުރިއަށް ގެންދަވާނީ މިދާއިރާއިން 11 އަހަރުގެ ތަޖުރިބާ ހުރި ޒީނާ މިސްއާއެކުގައެވެ. ޒީނާ މިސްއަކީ 25 އަހަރު ސިފައިންގޭގައި ރާއްޖެއަށް ހިދުމަތް ކޮށްފައިވާ އަގުހުރި ގައުމީ ބަތަލެކެވެެ. ޒީނާމިސް އިލްމު ހާސިލު ކޮށްފައިވަނީ އެމެރިކާގެ ޔުނިވަރސިޓީއަކުންނެވެ. ސައިކޮލޮޖީއިން ޒީނާ މިސްވަނީ ޑިގްރީހަދާފައެވެ.
ސުކޫލުތަކުން ވެސް އިނގިރޭސި މާއްދާ ތަކާއި ހިސާބު މާއްދާތަކާއި ސައިންސް މާއްދާތަކާއި މިހެންގޮސް ވަރަށް ގިނަމާއްދާތައް ކިޔަވައިގެން ވަޒީފާތަކަށް ނިކުންނަން ބުނާއިރު ނުވަތަ ދިރިއުޅުމެއް ފަށަން މީހަކާ އިންނަން ބުނާއިރު ދަރިވަރުންނަށް ސްޓްރެސް މެނޭޖު ކުރަން ނޭނގެއެވެެ. އަދި ހަމައެހެންމެ ދިރިއުޅުމުގެ ހަނގުރާމައިގައި ކުރިއަށްދާ ކޮންމެ ފަރާތަކަށްވެސް މިއީ އެނގިފައިހުރުމުގެ ފައިދާ އެތައް ގޮތަކުުން ފެންނާނެ، މުހިންމު ކަމެއްވެސްމެއެވެ.
23 އޮކްޓޯބަރ 2022 ގެ 23:59 އަށް ސުންގަޑި ހަމވާ މިކޯހުގެ ފީއަކީ ޖުމުލަ 250 ރުފިޔާއެވެ.
ކުލާސްތައް އޮތީ ރޭގަނޑު 9:30 ގައެވެ.
ރަޖިސްޓްރީވުމަށް އިރުބެ އެކަޑަމީގެ ވައިބާރ ކޮމުނިޓީއަށް ޖޮއިންވެ އެ ކޮމުނިޓީއިން ރަޖިސްޓްރީ ފޯމް އޮންލައިންކޮށް ހުށަހަޅުއްވާށެވެ. ނުވަތަ ތިރީގައި މިވާ ލިންކުންވެސް ރަޖިސްޓުރީ ކުރެވޭނެއެވެ.
ރަޖިސްޓަރވުމަށް ތިރީގައިވާ ފޯމް ފުރާލެއްވުން އެދެމެވެ.
https://forms.gle/kzzpSAr9KiJbhtCz8
އަދިވެސް މިކޯހާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ ހިލޭ އިންޓުރޯ ކުލާހަށް ޖޮއިން ވުމަށް ވައިބަރ އިރުބެ އެކަޑަމީ ކޮމިއުނިޓީއަށް ވަންނަވާ!!!https://invite.viber.com/...
އިތުރު މައުލޫމާތު ހޯއްދެވުމަށް 9407991 ގުޅުއްވާ!!!
ކޯހުގައި ބައިވެރިވުމުގެ ވަގުތު މިވަނީ ކުޑަވެފައެވެ. އެހެންކަމުން އަވަހަށް ކޯހުގައި ރަޖިސްޓްރީވެލައްވާށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.