1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިފަހަރު ފުވައްމުލަކުގައި "ބާބާގާޑިޔާ" ޚާއްޞަ މިކޮށްލަނީ ވޯލްޑްކަޕަށް، ބޮޑު ސްކްރީނުން ހަމަ ހިލޭ

baba
ޝާމިން ސަޢީދު
762ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިފަހަރު ފުވައްމުލަކުގައި "ބާބާގާޑިޔާ" ޚާއްޞަ މިކޮށްލަނީ ވޯލްޑްކަޕަށް، ބޮޑު ސްކްރީނުން ހަމަ ހިލޭ

ޏ. ފުވައްމުލަކުގެ "ބާބާގާޑިޔާ"ގެ އިތުރު ތައާރަފެއް ބޭނުމެއް ނުވާނެކަން ޔަގީނެވެ. 38 އަހަރުގެ ހަސަން އަތީގު، ބާބާ، އޭނާގެ ގާޑިޔާ މިފަހަރު ޚާއްޞަކޮށް ތައްޔާރުކޮށްލަނީ މިފެށޭ ވޯލްޑްކަޕަށެވެ. ވޯލްޑްކަޕްގެ ހުރިހާ މެޗުތަކެއްވެސް ހަމައެއްވެސް ދަތިކަމަކާ ނުލާ ހިތްގައިމު ހުޅުވިފައިވާ މާހައުލެއްގައި، ސާފު ވަޔާއި އުފާވެރި މަޖާ މާހައުލެއްގައި ރައްޓެހިންނާއެކު ބޭނުން ވަރަކަށް ތަރުހީބު ދިނުމުގައި ބޭނުން ގޮތަކަށް ގޮވާލާ، ޕޮންޕޮން ތެޅުވުމުގައި ފޯރިނެގުމަށް "ބާބާގާޑިޔާ" މިވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

'ހުވަދޫނިއުސް'އަށް މައުލޫމާތު ދެމުން އަތީގު(އެންމެންގެ ބާބާ) ބުނި ގޮތުގައި ދަތިކަމެއް ނެތި ހަމަޖެހިގެން ސަތޭކަ މީހުންނަށް ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ގާޑިޔާއިން ވާނީ ހަމަޖެހިފައެވެ. އަދި މެޗު ކުރިއަށް ދާ ގަޑީގައި ބާބާގާޑިޔާގެ ކެއިންބުއިމާއި ދުފުމާއި އަނގަމަޖާ ކޮށްލުމަށް އެއްވެސް ހުރަހެއް ނެތި ހިދުމަތް ދާނީ ދެވެމުންނެވެ. މި ބޮޑުސްކްރީން ބާބާގާޑިޔާ ސިނަމާގެ އެންމެ ހާއްސަ ކަމަކީ ގާޑިޔާއިން އެއްވެސް އެއްޗެއް ނުކެޔަސް އަދި ނުބުޔަސް ނުވަތަ އެހެންވެސް ހިދުމަތަކަށް އަގު ނުދިނަސް ހަމަ ހިލޭ ވޯލްޑްކަޕް މެޗުތައް ބަލާލެވޭނެކަމެވެ. މިއީ ނުހަނު އުފާވެރި ހަބަރެއްކަން ޔަގީނެވެ.

300 × 250

"ބާބާގާޑިޔާ"އަކީ ކޮވިޑުގެ ހާލަތުގައި ރިސޯޓުން ކެޑިގެން ރަށުގައި އުޅުނު އުޅުމުގެ ތެރޭގައި އަތީގުގެ ސިކުނޑީގައި ކުރެހުނު ޗާޓެކެވެ. މިޗާޓަށް ދިރުން ދިނުމަށް ޗައިނާއިން އޯޑަރު ދީގެން ގާޑިޔާ ވަނީ 'ފުޑް ޓްރަކް'އެއް ގޮތަށް ފަރުމާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްސޯލިހުގެ ހެޔޮއެދުންތަކާއެކު ފެނަކައިން ވަނީ ބާބާގާޑިޔާގައި ސޯލާޕެނަލްވެސް ހަރުކޮށްދީފައެވެ. އެހެންކަމުން މިއީ އާދައިގެ ގާޑިޔާއެކޭ ބުނާނެ ޖާގައެއް ނެތެވެ. ފުވައްމުލަކަށް ޒިޔާރަތް ކުރާ ކޮންމެ ފަރާތަކުންވެސް އެރަށުގެ އާސާރީ ތަންތަނަށް ޒިޔާރަތްކޮށްލާ ހަނދާނީ ތަސްވީރު ނަގާފަދައިން މިއީވެސް ކޮންމެ ފަތުރުވެރިއަކަށް އަދި މެހުމާނަކަށްވެސް ރަށުން ގެންދެވޭ ވަރަށް ބޮޑު ހަނދާނެކެވެ. އެހެންކަމުން މިރަށަށް އަރާ ފައިބައިގެންދާ ކުދިބޮޑު އެއްވެސް ފަރުދަކު ބާބާގާޑިޔާއަށް ޒިޔާރަތް ނުކޮށް ދިއުމަކީ ހަމަ ވަރަށް ނާދިރުކަމެކެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގައި ވަރަށް ބިޒީކޮށް އުޅެމުންވެސް ހުވަދޫނިއުސްއިން ގުޅާލުމުން ވަރަށްވެސް އުފާވެފައި އަތީގު އާދެ އަހަރެމެން އެންމެންގެ ބާބާ އޭނާގެ ގާޑިޔަލުގައި ވޯލްޑްކަޕް އޮންނާނީ ހަމައެންމެ ފުރިހަމަކަމާއެކު ބޮޑުސްކްރީނުގައި ކަމަށް ބުނެ އަންނަން އެދޭ އެންމެނަށް މަރުހަބާ ކިޔާކަމަށް ބުންޏެވެ. ބާބާގާޑިޔަލުގެ ބޮޑުސްކްރީނުން ވޯލްޑްކަޕް ބެލުމަކީ ހަމަޔަގީނުންވެސް ކުޑަފަދަ އުފަލެއް ނޫންކަން ޔަގީނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި