2023 ވަނަ އަހަރު އަންނަ ރަސްމީ ބަންދު ދުވަހުގެ ތެރެޔަށް 3 ދުވަސް ރައީސް އޮފީހުން އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން މިިއަދު އިއުލާންކުުރި ގޮތުގައި އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 3 ދުވަސް އިތުރުކޮށްފައެވެ.

އެގޮތުން 25 ޖޫން 2023 ވާ އާދިއްތަ ދުވަހާއި 26 ޖޫން 2023 ވާ ހޯމަދުވަހުގެ އިތުރުން 28 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަސް މިވަނީ ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ނިންމާފައެވެ.

ރައީސް އޮފީހުން މމައުލޫމާތުދިން ގޮތުގައި މި ދުވަސްތައް ބަންދު ކުރަނީ އީދު ބަންދުތަކާއި ރަސޫލާގެ އީދު މީލާދު ދުވަހާއި ގުޅިގެންނެވެ.