ވަރަށް އާންމުކޮށް މީހުން ބުނާ އަޑު އިވެއެވެ. 'ލޮނުމެދު ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.' މިފަހަކަށް އައިސް "ޓިކްޓޮކް"ގައި ވައިރަލްވި ވީޑިޔޯ އެއްގައިވެސް 'މިއީ ލޮނުމެދު. ލޮނުމެދަކީ ވަރަށް ރަނގަޅު އެއްޗެއް. އެންމެންވެސް ލޮނުމެދު ކާންވާނެ. ކާމިޔާބު ފިރިހެނަކަށްވުމަށްޓަކައި ލޮނުމެދު ކާންޖެހޭނެ.' މިއަޑު އެތައް ބަޔަކު އެމީހުންގެ އެކައުންޓުގައި ފޮލޯކޮށްފައި ހުއްޓެވެ. އެހެންކަމުން ލޮނުމެދަކީ ކިހިނެއް ވެގެން ކޮން ގޮތަކުން 'ވަރަށް ފައިދާ ހުރި' އެއްޗެއްތޯ ބަލާލަމާތޯއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ. ލޭމައްޗަށް ދިއުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެންޓިބަޔޮޓިކް ޕްރޮޕަޓީސް ހުރެއެވެ. އަލްޒައިމާ އާއި ޑިމެންޝިއާ އިން ރައްކާތެރިކޮށްދެވިދާނެ އެވެ. ލޮނުމެދު ކެއުމުން ލިބޭ ސިއްހީ ފައިދާ:

  • ލޮނުމެދަކީ ބެކްޓީރިއާ، ވައިރަސް، ފަންގަސް، އަދި ޕެރަސައިޓްތަކާ ވެސް ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ.
  • ފިނިހޫނުމިނާއި ރޯގާއާ ދެކޮޅަށް ހަނގުރާމަކުރެއެވެ.
  • ހައިޕަރޓެންޝަން ރަނގަޅުކޮށްދެއެވެ.
  • ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ.
  • ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ.
  • ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
  • ލޮލަށް ރަނގަޅު ފައިދާކުރެއެވެ.
  • އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި އެވެ.
  • ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ރޯ ލޮނުމެދުގައި އެލިސިން ކިޔާ ކޮމްޕޮނެންޓެއް ހިމެނޭއިރު، މިއީ ލޭ ތުނިކޮށް ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ މާއްދާއެކެވެ. މިގޮތުން ލޮނުމެދު ބޭނުންކުރުމަށް އެންމެ ރަނގަޅު ގޮތަކީ ތާޒާ ލޮނުމެދުގައި އެލިސިން ހިމެނޭތީ ކައްކާއިރު މި ބައި ވަކިވެގެން ދާތީ ހުސްބަނޑުގައި ރޯ ލޮނުމެދު ކެއުމެވެ. ލޮނުމެދުގައި ހުންނަ މަޢުދަނެއް ކަމަށްވާ ސެލެނިއަމް އަކީ ފުރަމޭ ސާފުކޮށްދޭ އެއްޗެކެވެ. އެއީ ފުރަމޭގެ އެންޒައިމްތައް ޓްރިގަރކޮށް، ގުދުރަތީ ގޮތުން ހަށިގަނޑުން ވިހަ މާއްދާތައް ފޮހެލާ އެއްޗެކެވެ. ލޭހޮޅިތައް ސާފުވެ، ފުރަމޭ ވިހަ މާއްދާތަކުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުއި ލޮނުމެދު ސަޕްލިމެންޓް ދިނުމުން ސެލްތަކަށް ލިބޭ ގެއްލުން ހުއްޓުވައި، ކޮލެސްޓްރޯލް ގައި ލޮނުމެދު އާރެގިއުލޭޓްކޮށް، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ސިއްހަތަށް ހެޔޮ އަސަރުތަކެއް ކޮށްފާނެ އެވެ. އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދު ސަޕްލިމެންޓް ދިނުމުން ވެސް ލޭހޮޅިތަކުގައި ޕްލެކް ޖަމާވުން މަދުވެދާނެ އެވެ. ލޮނުމެދުކީ ލޭ ތުނިކުރާ އެއްޗެއްކަން އެނގެނީ އޭގައި ހުންނަ އެންޓި ޕްލެޓްލެޓް ޕްރޮޕަޓީތަކުގެ ސަބަބުންނެވެ. ލޮނުމެދުން ސަލްފަރ ހިމެނޭ ޑެރިވޭޓިވް އެއް ކަމަށްވާ އެޖޯއީން އިން ޕްލެޓްލެޓް އެގްރިގޭޝަން، ފަހަތަށް ނުޖެހޭ ގޮތަށް ހުއްޓުވައި، އެސްޕިރިން، ވާފަރިން، ޑައިޕައިރިމަޑޯލް އަދި ކްލޮޕިޑޮގްރެލް ފަދަ އެންޓިކޮގްލިއުލެންޓްސް ޕޮޓެންޝަލް ކޮށްދެއެވެ ލޮނުމެދުގައި އެލިސިން ހިމެނެއެވެ. މިއީ ވަރުގަދަ އެންޓިބަޔޮޓިކެކެވެ. ލޮނުމެދު ބޭނުންކޮށްފައިވަނީ އެންޓިސެޕްޓިކް، އެންޓިބެކްޓީރިއަލް، އަދި އެންޓިފަންގަލް އޭޖެންއެއްގެ ގޮތުގައެވެ. މީގެ އިތުރުން ކުޑައިރު މާމަމެން ވަރަށް އާންމުކޮށް ކުރާ ކަމެއްގެ ހަނދާން އައު ކޮށްލާނަމެވެ. ކަންފަތުގައި ރިއްސާތީވެ، ކަންފަތުން ދޮސްފައިބާތީ، ރޮއި، ކެތްނުވެގެން އާދޭސްކޮށްގެން ވެސް ޑޮކްޓަރުންނަކަށް ނޭނގުނެވެ. މާމަ ހަދާލީ މުޖައްރިބު އެންމެ ފަންޑިތައެކެވެ. ރިހުން ވަދެ ފިލީ ކޮން ގައުމަކަށް ކަމެއްވެސް ނޭނގެއެވެ. ލޮނުމެދެއް ފަޅިކޮށްފަ ރިހޭ ކަންފަތުގެ ތެރެއަށް ކޮއްޕާލިއެވެ. ހަތަރު ވަރަކަށް ގަޑިއިރު ފަހުން، ނިދިފައި އޮވެފައި ތެދުވީމަ ކަންފަތުން އެ ލޮނުމެދު ފަޅި ނަގާ ކަންފަތުގެ އެތެރެއާއި ކައިރިފަށް، ފޮތިކޮޅަކުން ސާފުކޮށްލިއެވެ. ލޮނުމެދު ފަޅީގަ ދޮހާއި ލޭ ހުއްޓެވެ. ކަންފަތަށް ވެފަހުރި އަރާމެއް ނޭނގެއެވެ. ދުވަހަކު ވެސް ކަންފަތުގައި ނުރިއްސާ ފަދައެވެ. އޭގެފަހުން އަދި މިއަދާ ހަމައަށްވެސް ކަންފަތެއްގަ ނުރިއްސައެވެ. ލޮނުމެދުގެ ޖާދޫ ހަމަބޮޑީއެވެ.