އެވިޑުކޮލެޖުން ކުރި އިއުލާނުގައި ކުށް ހުރިކަމަށް ރަސްމީކޮށް އެވިޑުގެ ސަމާލުކަމަށް ގެނައުމަށް ނުނިޔަތެއްގައި އިޝްތިހާރު ކުރިކަމަށް ދޭހަވާފަދަ ގޮތަކަށް އެމްކިޔުއޭ އިން ނޫސްބަޔާނެއް ނެރެ އޭގެ ނަކަލާއެކީ އެވިޑަށް ފޮނުވުމުން، އިޝްތިހާރުގައި އޮތް ލިޔުމުގެ ކުށް އިސްލާހު ކުރުން މާބޮޑަށް ލަސްވީތީ އެކަމާ ހިތާމަކުރާ ވާހަކައާއި އަދި އިޝްތިހާރުގައިވާ ކުށް އިސްލާހު ކޮށް އޭގެ ރަނގަޅުކުރި ކަން ހާމަކޮށް އެވިޑް ކޮލެޖުގެ ނަންބަރު: AC/ANN/2022/001ނޫސް ބަޔާނުގައި 30،ސެންބަރ 2022،ގައި (އެވިޑް ކޮލެޖުގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު) އާންމުކޮށްފިއެވެ.
އެދެ ޕްރޮގްރާމް އިންސްޓަގުރާމްގައި އިޝްތިހާރު ކުރި އިރު ޕްރޮގުރާމްގެ މުއްދަތާއި ލެވެލް ބަޔާން ކުރުމުގައި ކުށް ލިޔެވިފައިވާތީ އެކަން އިސްލާހުކޮށް އޭގެ ރަނގަޅު ގޮތް އާންމުކޮށް އެންގުމަށް ޓަކައި އެކޮލެޖުން ނެރުނު އެ ބަޔާނުގައި ހާމަކޮށްފައިވާ ރަނގަޅު ގޮތަކީ
- އޭސީސީއޭ އެޕްލައިޑް ނޮލެޖް – މި ޕްރޮގުރާމްގެ މުއްދަތަކީ 1 އަހަރެވެ. ލެވެލްއަކީ 5 އެވެ.
- އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް – މި ޕްރޮގުރާމްގެ މުއްދަތަކީ 3 އަހަރެވެ. ލެވެލްއަކީ 7 އެވެ.
މަތީގައިވާ ދެ ޕްރޮގުރާމަކީ މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑިޓްކޮށްފައިވާ ދެ ޕްރޮގުރާމެވެ. އެ ދެ ޕްރޮގްރާމް އެވިޑު ކޮލެޖުން ހިންގުމަށް ހުއްދަ ދެއްވައި މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުން މި ނޫސް ބަޔާނާއެކު އާންމުކޮށްފައިވެއެވެ. މިޕްރޮގުރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރު ނަކަލުކުރުމުގައި އޮޅުމަކުން ކަމަށާއި އަދި ޝާއިޢުކުރި އިރު މިކަން ފާހަގަކުރެވިފައި ނުވާތީ އެ ކަމަށް ޓަކައި، އެވިޑު ކޮލެޖުގެ ބަޔާނުގައި ނިހާޔަތަށް މާފަށް އެދިފައި ވެއެވެ. ލިޔެވިފައިވާ ކުށް އެވިޑް ކޮލެޖުގެ ކޮލެޖުގެ ސަމާލުކަމަށް ރަސްމީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންނެވީ އެކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރުއްވުމަށްފަހު އެ ނޫސް ބަޔާނުގެ ނަކަލަކާ އެކުއެވެ. މިގޮތަށް އެމްކިޔުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް ފުރުސަތު އެކޮލެޖަށް ގެއްލި ދިޔައީ ކަމަށް ާބަޔާނުގައި ވެއެވެ. ހަމައެހެންމެ، ނުނިޔަތެއްގައި އިޝްތިހާރު ކުރި ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސް ބަޔާން ނެރުއްވާފައިވާތީ ވެސް އެކޮލެޖުން ހިތާމަކުރާ ވާހަކަވެސް އެ ބަޔާނުގައި މެވެ. ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރާ މިންނެތް މަސައްކަތްތައް ވަޒަން ކުރައްވައި އެ މަރުކަޒުތަކުގެ ކުރިއެރުމަށް އެއްހަމައަކުން މަގުފަހިކޮށް ދެއްވައި، އިތުބާރު ހިފޭ ގޮތަށް އެ ތަންތައް ނަގަހައްޓަވައި ދެއްވުމަކީ ބެލެނިވެރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި އެ ކޮލެޖުން ދެކޭކަމަށްވެސް ބަޔމެވެ.
އަދިވެސް މި ބަޔާނުގައި، މަަަތީގައިވާ ދެ ޕްރޮގްރާމް އެކޮލެޖުގައި މިހާރުވެސް ހިންގަމުން ގެންދާފަދަ ގޮތަކަށް ބައެއް މީޑިއާ ތަކުގައި ލިޔުއްވާފައި ވިޔަސް އެ ދެޕްރޮގްރާމް އަދި މިކޮލެޖުގައި ހިންގަން ފަށާފައިނުވާ ކަންވެސް އާންމުންގެ ސަމާލު ކަމަށްޓަކައިން ދަންނަވާފައިވެއެވެ. މި ކަންކަން ފާހަގަކޮށް މި ބަޔާނުގަައި ފާހަގަކޮށް، އެވިޑުން ވަނީ އޮޅުންފިލުވައި ދީފައެވެ. އެވިޑް ކޮލެޖަކީ އެތައް ދަރިވަރުންތަކެއްގެ މުސްތަގްބަލު އުޖާލާ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުން އަންނަ ކޮލެޖެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.