ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރު ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ހޯދަމުން ދަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރައިގެން ދިޔަ ދެ ފިރިހެނެއްގެ ހަބަރު ނުވެގެން، ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ. ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ  ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އަދި ބަންގުލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) ކަމަށެވެ.

މުޙައްމަދު ނިޡާމް އަދި މުހައްމަދު ލިޓަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.