ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅަކަށް އެމްއެންޕީގެ ރައީސް ކުރީގެ ކާނަލް މުހައްމަދު ނާޒިމް ރައްދު ދެއްވައިފި އެވެ.
ތިނަދޫ ސިޓީއަކަށް ހެދުމަށް ރައީސު ވިދާޅުވި ބަސްފުޅަށް ނާޒިމު ރައްދުދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވަދު އަތޮޅު ތިނަދޫއަށް ކުރި ދަތުރުފުޅުގައި ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މުހިންމު ކަންތައް ނިމިފައިވާކަމަށާއި އިންތިހާބަށްފަހު ލަސްތަކެއް ނުވެ ތިނަދޫ ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެރަށަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވަމުން، އެމްއެންޕީގެ ރައީސް ނާޒިމް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ސިޓީއެއްގެ ދަރަޖަ ހަމައެކަނި ނަމަކުން ދޭން ވައުދުވުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެގޮތަށް ވައުދުވެ އަސާސީ ހިދުމަތްތަކަށް ސަލާން ޖަހާ ރައްޔިތަކު ހެއްލުމަކީ އެއީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޓުވީޓުގައި ނާޒިމު ވަނީ ވިދާޅުވެފައެވެ. އަދިވެސް އިތުރަށް ނާޒިމުގެ ޓުވީޓުގައި މިހާރުވެސް ރާއްޖޭގައި ސިޓީއެެއްގެ ދަރަޖަ ދީފައިވާ ތަންތަން އެއީ ލިވަބަލް ތަންތަނެއް ނޫން." ކަމަށްވެސް ފާހަކަ ކޮށްފައި ވެއެވެ.
މިއަދު މެންދުރު ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވަނީ ތިނަދޫ އެމްޑީޕީހަރުގޭގައި އެ މަނިކުފާނަށް ތާއީދު ކުރާ އެ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިރާދަ ކުރެއްވިއްޔާ ދެން އެ މަނިކުފާނު ތިނަދޫ އަށް ވަޑައިގަންނަވާނީ ތިނަދޫ ސިޓީ އަކަށް ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ތިނަދޫ ކައުންސިލުން މިހާރު ދަނީ ސައްޙަ އާބާދީ ގެ އަދަދެއް ލިބޭތޯ އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.