1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރިޔާސީ ބަޔާނާއެކު މަޖިލީހުގެ މަސްރަހު ގޯސްވެ މަންޒަރުތައް ސޯޝަލްމީޑިޔާގައި

photo_2023-02-06_12-23-50
މަޖިލިހުގެ އެތެރޭގައި މާވަށު މެންބަރުގެ ކޯޓުވީދިކުލަހޭކިފައިވާ ގަމީހާއެކު މަޖިލިހުން ބޭރުގެ މަންޒަރުތައް ވީޑިޔޯތަކުން
ޢާއިޝަތު ޝިރުހާނާ
412ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ މި ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަދެވަޑައިގަތުމާ ހަމައިން ތަފާތު އެކި މައްސަލަތައް ފެންމަތިވެ، ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން މަޖިލީހުގެ ތަޅުމުން ނެރެން ބައެއް މެންބަރުންގެ ނަން އިއުލާންކޮށް އަދި މެންބަރުން ނެރުމުގެ ތެރޭގައި އަނިޔާވެ މަޖިލީހުގެ މަސްރަހު ގޯސްވާ މަންޒަރު ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

މަޖިލީހުގެ ލައިވް ސްޓްރީމް މެދުކަނޑާލި ނަމަވެސް ސައީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ ތަޅުމުން ނެރޭ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައީދު ގަދަކަމުން ނެރެނިކޮށް އޭނާގެ ހެދުންކޮޅު ވީދުނެވެ. އަދި ސިފައިންގެ ހަތަރު އޮފިޝަލަކު ވަނީ އޭނާގެ ދެއަތާއި ދެފައިގައި ހިފައި އުފުއްލާލައިގެން ތަޅުމުން ބޭރުކޮށްފަ އެވެ. ސައީދުގެ އިތުރުން ޝިޔާމް އާއި ފަޒުލް ވެސް އުފުލާލައިގެން މަޖިލީހުން ނެރޭ މަންޒަރު ފެނެއެވެ.

މަޖިލިސް މެދުކަނޑާލައި އިދިކޮޅު މެންބަރުން ނެރުމަށް ފަހު ޖަލްސާ އަލުން ކުރިއަށް ގެންގޮސްފަ އެވެ. އަދި ރިޔާސީ ބަޔާން އިއްވުމަށް ފަހު މިހާރު ޖަލްސާ ވަނީ ނިންމާލާފަ އެވެ.

300 × 250

އިދިކޮޅު މެންބަރުން ތަޅުމުން ނެރުމުން އެ މެންބަރުން ދިޔައީ މަޖިލީހުގެ ބޭރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާ ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރަމުން ދިޔަ އިރު ޕީޕީއެމް އާއި ޕީއެންސީގެ އާންމު މެންބަރުން މަގުމަތީ މުޒާހަރާ ކުރަމުން ދާތީ ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސާފައެވެ.

އަދި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި