1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތުރުކީގެ އާއިލާތަކަށް ރައީސް އިބްރާހީމް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

ބޖސދޒދޒޒ
ޢާއިޝަތު ޝިރުހާނާ
278ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތުރުކީގެ ދެކުނަށް ރޭ ފަތިހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ގިނަބަޔަކު މަރުވެފައިވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވެ ތައުޒިޔާ ދަންނަވަން. މި އުނދަގޫ ދަތި ދަނޑިވަޅުގައި ރާއްޖެ ވަނީ ތުރުކީ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ތުރުކީގެ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސު އިބްރާހީމް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް ވަނީ ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

download (19)

ތުރުކިއަށް އައި ބިންހެލުމަށްފަހު ސަރަހައްދުގެ ހާލަތު ތުރުކީއަށް މިއަދު އައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި 30،000 މީހުން މަރުވި ބާރުގަދަ ބިންހެލުމުގެ ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ދިރާސާތައް ބުނެއެވެ. މި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެކެވެ. ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެއެވެ. ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ ތުރުކީގެ އިރުދެކުނަށް އައި މި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދެ ގައުމުގެ ތެރެއިން 2300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

images (34)

ތުރުކީގެ ޑިޒާސްޓާ އެޖެންސީން ބުނީ އެތަނުން 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ސީރިއާގައި 810 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ތުރުކީއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށް އެގައުމުގެ ރައީސް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ. ސެއިސްމޮލޮޖިސްޓުން ބުނީ ފުރަތަމަ ބިންހެލުމަކީ ތުރުކީގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު އެއް ބިންހެލުމެވެ. ސަލާމަތްވި މީހުން ބުނީ ބިންހެލުމުގައި އައި ގުޑުން ހުއްޓުވަން ދެ މިނެޓް ނަގާފައިވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި